ބައެއް މީހުންގެ އުމުރުން ދުވަސް ވިޔަސް ހިތް މުސްކުޅި ނުވާ ކަމަށް ބުނާ މީހުންނެވެ.
06 ފެބުރުއަރީ 2019
ބައެއް މީހުންގެ އުމުރުން ދުވަސް ވިޔަސް ހިތް މުސްކުޅި ނުވާ ކަމަށް ބުނާ މީހުންނެވެ.
އަލަށް ކުރި ދިރާސާއަކަށް ބަލާއިރު މިއީ ރަނގަޅު ވާހަކައެކެވެ. އޭގައި ބުނަނީ ފިރިހެނުންގެ ސިކުނޑި އަށް ވުރެ އަންހެނުންގެ ސިކުނޑި އެވްރެޖްކޮށް، އަބަދު ވެސް ޒުވާން ކަމަށެވެ.
ޔޫއެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ނެޝަނަލް އެކެޑެމީ އޮފް ސައިންސްންގެ ދިރާސާގައި ބުނެފައިވާ ގޮތުގައި އަންހެނުންގެ ސިކުނޑި އެ މީހުންގެ އަސްލު އުމުރަށް ވުރެ 3.8 އަހަރު ޒުވާނެވެ. ފިރިހެނުންގެ ސިކުނޑިގޭގެ ޒުވާންކަން ހުންނަނީ އެ މީހުންގެ އަސްލު އުމުރަށް ވުރެ 2.4 އަހަރު ޅަކޮށެވެ.
މި ދިރާސާ ހެދުމަށް 121 އަންހެނަކާއި 84 ފިރިހެނުން ބޭނުންކޮށް އެ މީހުންގެ ސިކުނޑީގެ މެޓަބޮލިޒަމާއި އޮކްސިޖަން ދައުރުވާ މިންވަރާއި ގުލްކޯޒް ލެވެލް ހުރި މިންވަރު ބަލާފައިވެ އެވެ. އެ ހިސާބުތަކަށް ރިއާޔަތް ކުރުމަށް ފަހު، ދިރާސާގައި ބުނީ ހަށިގަނޑުގެ އެހެން ގުނަވަންތައް ފަދައިން ހަކުރު (ގުލުކޯޒް) އަކީ، ސިކުނޑީގެ ހަކަތަ ކަމަށެވެ. މީގެ ސަބަބުން ސިކުނޑީގެ މެޓަބޮލިކް އޭޖް ކަނޑައަޅަން ފަސޭހަވާ ކަމަށް ބުންޏެވެ.
އެގޮތުން މި ކަންކަމަށް ބަލާފައި ގޮތެއް ނިންމާއިރު، އުމުރުން 20-80 އަހަރާ ދެމެދުގެ ދެ ޖިންސްގެ މީހުން އަޅާ ކިޔާއިރު، އަންހެނުންގެ ސިކުނޑި މެޓަބޮލިކަލީ ޒުވާންކަމަށް ދިރާސާގައި ބުންޏެވެ.
"އެކަމަކު މީގެ މާނައަކީ ފިރިހެނުންގެ ސިކުނޑި މުސްކުޅިވާލެއް އަވަހީއެއް ނޫން،" ދިރާސާ ޓީމްގައި ބައިވެރިވި ވޮޝިންޓަން ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ އެސިސްޓަންޓް ޕްރޮފެސަރު މަނޫ ގޯޔަލް ވިދާޅުވި އެވެ. "އަސްލު ވާ ގޮތަކީ އަންހެނުންނަށް ވުރެ ތިން އަހަރު ކުރިން ފިރިހެނުން އެޑަލްޓްހުޑަށް ދިއުން. އެއީ ސިކުނޑީގެ ޒުވާންކަމުގައި ދެ ޖިންސްގެ މެދުގައި ފަރަގު އުޅޭ ސަބަބަކީ."
އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެގޮތަށް ދިމާވާ އަނެއް ސަބަބަކީ ސިކުނޑީގެ މެޓޮބޮލިޒަން ބިނާވުމުގައި ހޯމޯން އަދާ ކުރާ ދައުރެވެ.
ދެ މީހަކު މަސައްކަތެއްގައި.
ދިރާސާ ޓީމުން ބުނާ ގޮތުގައި ފިރިހެނުންގެ ސިކުނޑި އަށް ވުރެ، އަންހެނުންގެ ސިކުނޑި ޒުވާންވުމަކީ ދިރުއުޅުމާ ކުރިމަތިލުމުގައި އަންހެނުންނަށް ބޮޑު ހިތްވަރެއް ލިބޭ ކަމެކެވެ.
އެގޮތުން ކަންކަމާ ދޭތެރޭ ފުންކޮށް، ސީރިއަސްކޮށް ވިސްނުމާއި ހަނދާން ގަދަވުމާއި ކަންކަން ހައްލު ކުރުމުގައި އަންހެނުންގެ ތޫނު ފިލިކަން މީގެ ސަބަބުން ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
މޫނުގައި ޖަހާ ފުށުން ރަހިމުގެ ކެންސަރު ޖެހޭތަ؟
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް
ދުވަަސްވީ މީހުން ރާޒުވާ ކުޅުމުން ހަނދާން ގަދަވޭ
އިންޑިއާ މީހުންގެ ސިކުނޑި ކުޑަ
ކެންސަރުގެ ފަރުވާ އަށް ފަހު އުނދަގޫތައް ސިއްރުކުރޭ
ޖައްވު ނުސާފުވުމުގެ ނުރައްކާ މާބަނޑު މީހުންނަށް
ޑިޕްރެޝަނާ ދެކޮޅަށް ތާޒާ މޭވާ އާއި ތަރުކާރީ