Roadha Mihaaru

ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަނީ
ހަސަން މުހައްމަދު
ހަސަން މުހައްމަދު

05 ފެބުރުއަރީ 2019

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ނޯޔަން ނަމަކަށް ކިޔާ އެ މީހާ ހޯދަނީ ސ. ހިތަދޫ ފުލުހުންގެ މަރުކަޒަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންކަމުން ނޯޔަނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގުޅައި އެކަން އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ މައްސަލައިގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަށް ހާމަކޮށްފައެއް ނުވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޖެންޑާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.