މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރިމިއާކުރަން އޮތް ފިލްމު "40+" އަންނަ މަހުގެ 5 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.
06 ފެބުރުއަރީ 2019
މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރިމިއާކުރަން އޮތް ފިލްމު "40+" އަންނަ މަހުގެ 5 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.
ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ފިލްމު އަޅުވާ ތާރީހު ފަސްކޮށްލަން ޖެހުނީ ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ) ގެ އިވެންޓަކަށް އޮލިމްޕަސް މި މަހުގެ 27 އާއި 28 އަށް ބޭނުންވެގެން އެދުމުން ކަމަށެވެ.
"އެ މީހުން އެކަމަށް ރިކްއެސްޓް ކުރީމަ ދެން ރަނގަޅު ދަނޑިވަޅަކާ ދިމާކޮށްފައި ފިލްމު ޕްރިމިއާކުރަން ބޭނުންވާތީ މާޗް ފަހެކަށް ފިލްމު ފަސްކޮށްލީ،" އޭނާ ބުންޏެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމު "ނޯޓީ 40" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ "40+" އަކީ ހަމަ ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކަމަކު ފުރަތަމަ ބަޔާ ހިލާފަށް، ދެވަނަ ބަޔަކީ ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމެކެވެ. މީގެ ޓީޒާ ޓްރެއިލާ ވެސް މިދިޔަ ނޮވެމްބަރު މަހު ވަނީ ދައްކާލައިފަ އެވެ.
"40+ ގެ މައިގަނޑުން ކާސްޓުން "ނޯޓީ 40" ގެ މައިގަނޑު ތަރިން ކަމަށްވާ ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކް، އަހުމަދު ސައީދާއި އޭނާގެ އަންހެނުން ފާތިމަތު (އަޒޫ) އަޒީފާ އަދި އަލީ (ދޮންއައްޔަ) އާޒިމް ފެނިގެން ދާނެ އެވެ.
ތ. ބުރުނީގައި ޝޫޓްކޮށްފައިވާ "40+" ގެ ކާސްޓާ އަލަށް ގުޅުނު މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ. އަދި ފިލްމުން އާ އެކްޓަރުންތަކެއް ވެސް ފެނިގެން ދާނެ އެވެ.
ޝަފީގް ބުނީ ފިލްމު އަޅުވާ ތާރީހު ބަދަލު ވިޔަސް ކުރިއެކޭ ގޮތަށް "40+" އަށް ހާއްސަކޮށްފައިވާ ހޮޓްލައިނަށް ގުޅައިގެންނާއި އެސްއެމްސްކޮށްގެން ޓިކެޓް މިހާރު ވެސް ބުކް ކުރެވޭނެ ކަމަށެވެ.
"މިހާރު ވެސް ދެ ޝޯއެއްގެ ވަރަށް ބޮޑު ބައި ވަނީ ބުކްކޮށްފައި،" އޭނާ ބުންޏެވެ.
"40+" February 27 gai, teasee ves dhakkaalaifi
The most trusted news source in the Maldives
Mihaaru
"40+"ކުރިން އަޅުވަން އޮތީ މި މަހުގެ 27 ގައި.
މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ޖެނުއަރީ 3 ގައި ޕްރިމިއާ ކުރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަނީ ހޯމަ ދުވަހުގެ ރޭ ޕްރިމިއާ ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.
އެޕްރީލް މަހު ސިނަމާ އަންނާނީ އަބްދުﷲ (މުއާ) މުއާޒްގެ "ލީނާ" އެވެ.
"40+" އަންނަ އަހަރުގެ ކުރީކޮޅަށް
"40 ޕްލަސް" ގެ ކޮންސެޕްޓް އާދަޔާހިލާފު ވާނެ: ޔޫއްޕެ
"ފޯޓީ ޕްލަސް" އަށް އެކްޓަރުން ހޯދަނީ
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"އަނދިރިކަން" ގެ ޝޯތައް ވަގުތީ ގޮތުން ހުއްޓާލައިފި
"އަނދިރިކަން" ގެ ޕްރިމިއާ މިރޭ
"އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަައިފި
"އަނދިރިކަން" ގެ ޓްރެއިލާ ދައްކާލައިފި
ސީޒަންގެ "އަނދިރިކަން" މާޗް 4 ގައި