03 ނޮވެމްބަރ 2020
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދިވެހި ސިނަމާ އަށް މި އަހަރުވީ ވަރަށް ފަޅު އަހަރަކަށެވެ. އެޅުވީ އެންމެ ފިލްމެކެވެ. މާޗް މަހުގެ ކުރީކޮޅު އަލީ ސީޒަންގެ "އަނދިރިކަން" ގެ ޝޯތައް އޮލިމްޕަހުގައި ދައްކަން ފެށިތަނާހެން ޖެހުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިނަމާ ބަންދުކުރާށެވެ. އެއާ އެކު އެ އައި އަނދިރިކަން އޮލިމްޕަހުން ފިލާނެ އިރެއް ނޭނގެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދިވެހި ސިނަމާ އަށް މި އަހަރުވީ ވަރަށް ފަޅު އަހަރަކަށެވެ. އެޅުވީ އެންމެ ފިލްމެކެވެ. މާޗް މަހުގެ ކުރީކޮޅު އަލީ ސީޒަންގެ "އަނދިރިކަން" ގެ ޝޯތައް އޮލިމްޕަހުގައި ދައްކަން ފެށިތަނާހެން ޖެހުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިނަމާ ބަންދުކުރާށެވެ. އެއާ އެކު އެ އައި އަނދިރިކަން އޮލިމްޕަހުން ފިލާނެ އިރެއް ނޭނގެ އެވެ.
ދެން އޮތީ އަންނަ އަހަރަށް އިންތިޒާރުކުރުމެވެ. މި އަހަރު އަޅުވަން ޕްލޭންކުރި ހުރިހާ ފިލްމުތަކެއް ހުރީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ފިލްމީ ދާއިރާގެ މީހުން ވެސް އުންމީދުކޮށްގެން ތިބީ އާ ފެށުމަކުން އަންނަ އަހަރު ފެށި، ފިލްމީ ދާއިރާ އަށް ދިރުމެއް އަންނާނެ ކަމަށެވެ. މިހާރު ވެސް ފިލްމުތަކެއްގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. މަސައްކަތް ނިމި، ސިނަމާ ހުޅުވިހާ އަވަހަކަށް އަޅުވަން ރެޑީގައި ހުރި ފިލްމުތަކެއް ވެސް އެބަހުއްޓެވެ.
އަންނަ އަހަރު ކިތައް ދިވެހި ފިލްމު ސިނަމާ އަށް އަންނާނެކަން ކަށަވަރު ނުވިޔަސް އަޅުވާނެ ކަމަށް ގަބޫލުކުރެވޭ ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރި އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފެމިލީ ޑްރާމާ "ފަރީ" އާއި ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ ޕޮލިޓިކަލް ތުރިލާ "މަރްޔަމް" އާއި އިލްޔާސް ވަހީދު (އިއްލެ) ގެ ކްރައިމް ތުރިލާ "ނީނާ" ފަދަ އުންމީދީ ފިލްމުތަކެއް އެބަހުއްޓެވެ.
މީގެ އިތުރުން އަންނަ އަހަރު އޮލިމްޕަހަށް އަންނާނެ ކަމަށް ބެލެވޭ ފިލްމުތަކުގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ދެ ފިލްމެއް ހިމެނެ އެވެ. އެއީ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އާއި ބިރުވެރި ފިލްމު "ކަޅަކި" އެވެ. ސީޒަން އަންނަ އަހަރު ގެނެސްދޭން އަމާޒު ހިފާފައި އޮތް ފިލްމަކީ ލޯބީގެ ފިލްމު "ލޯބިވެވިއްޖެ" އެވެ.
ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އަލަތު ފީޗާ ޑައިރެކްޝަން ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" އަކީ ވެސް އަންނަ އަހަރު ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ. އަދި އެ ސްޓޫޑިއޯ އިން ގެނެސްދޭ އަލީ ޝިފާއު (ޗިއްޕެ) ގެ ލޯބީގެ ފިލްމު "ނޮވެމްބާ" އާއި އަހުމަދު ޝިނާންގެ ބިރުވެރި ފިލްމު "ބަޅިނދު" އަކީ ވެސް އަންނަ އަހަރަށް ހުރި ފިލްމުތަކެވެ.
ތަޖުރިބާކާރު ޑައިރެކްޓަރު އަހުމަދު ނިމާލު ވެސް އަހަރުތަކެއް ފަހުން ޑައިރެކްޓްކޮށްފައިވާ ލޯބީގެ ފިލްމު "ހެހެސް" އަކީ ވެސް އަންނަ އަހަރު ފެންނާނެ ކަމަށް އުންމީދުކުރެވޭ ފިލްމެކެވެ.
ޔާރާ ޕްރޮޑަކްޝަނުން ވެސް އަންނަ އަހަރު ފިލްމެއް ގެނެސްދޭން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތިން އަހަރު "ވިޝްކާ" ގެނެސްދިން ޓީމުން ގެނެސްދޭން އުޅޭ އެ ފިލްމުގެ ފަހަތުގައި ތިބީ ޔާރާގެ އެއް މުގޫ ކަމަށްވާ އައިޝަތު ރިޝްމީ އާއި އޭނާގެ ފިރިމީހާ ރަވީ ފާރޫގެވެ. އެނގިފައިވާ ގޮތުގައި ވަރަށް ޑާކް ފިލްމެއްގެ ގޮތުގައި ގެނެސްދިން "ވިޝްކާ" އާ ހިލާފަށް ޔާރާ އިން ދެން ގެނެސްދޭނީ ލައިޓް-ހާޓެޑް ފިލްމެކެވެ.
މި ފާހަގަކުރި ފިލްމުތަކުގެ އިތުރަށް ވެސް ފިލްމުތަކެއް ދިވެހި ސިނަމާ އަށް އައުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ބައެއް ސްޓޫޑިއޯތަކުން ގިނަ ޕްރޮޖެކްޓްތަކެއް ރާވާފައި ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި "ދެރިޔާ" ގެނެސްދިން ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ދެވަނަ ޑައިރެކްޝަން "ލަސްވިޔަސް" ވެސް ހިމެނެ އެވެ.
ފިލްމީ ދާއިރާ އަށް އައިސްފައި އޮތް ހީނަރުކަމާއި އޮލިމްޕަހަށް އައިސްފައި އޮތް ފަޅުކަން ފިލާނެ އިރަކަށް ހަމަ ޔަގީނުން ވެސް ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުން އިންތިޒާކުރާނެ އެވެ. އެހެންވެ އަންނަ އަހަރަކީ ވަރަށް އުންމީދީ އަހަރަށް ވާނެ ކަމަށް އުންމީދުކުރަމާ ހިނގާށެވެ.
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
ސިނަމާއިން ބަލައިލަން އެދޭ އާ ޖޯޑުތަކަކީ ކޮބާ؟
މި ޑައިރެކްޓަރުން ރޭންކް ކުރާނީ ކިހިނެއް؟
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި
މި އަހަރުގެ އުންމީދީ ދިވެހި 4 ފިލްމެއް
މަލްޓި-ސްކްރީނަށް "މާމުއި"
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް