Roadha Mihaaru
ރުހުން ނެތި، ފަނޑިޔާރުން ބަދަލެއް ނުކުރެވޭނެ: ސުއޫދު

ފަނޑިޔާރެއްގެ ރުހުން ނެތި އެހެން ކޯޓަކަށް ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ ކަމެއް: ސުއޫދު

07 ފެބުރުއަރީ 2019

ފަނޑިޔާރުންގެ ރުހުން ނެތި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުންގެ ރުހުން ނެތި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު އެގޮތަށް ވިދާޅުވީ ތިން ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމުމުންނެވެ.

އެކަމާ ގުޅިގެން ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ ތައުދީބީ ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫން ގޮތަކަށް، ފަނޑިޔާރެއްގެ ރުހުން ނެތި އެހެން ކޯޓަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާ ޚިލާފް އަދި ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

ސުއޫދުގެ ޓްވީޓް

ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށް ބިނާކޮށް ޖޭއެސްސީން ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރުމުން ހާމަވީ ޖޭއެސްސީއާ ގާނޫނު އަސާސީން ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޮމިޝަން ފެއިލްވެފައި އޮތް މިންވަރު ކަމަށެވެ.

މައުމޫން ހަމީދުގެ ކުރެއްވި ޓްވީޓް

ޖޭއެސްސީން އިއްޔެ ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް، ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓަށް ބަދަލުކުރާށެވެ. އޭގެ ކުރިން ވެސް އެކި ފަނޑިޔާރުން އެކި ކޯޓުތަކަށް ބަދަލުކޮށްފައިވެ އެވެ.