ކަނޑު ހުރަސްކޮށް މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ދިގު ފެތުމުގެ ބައިވެރިން އިއްޔެ ހެދި ރެކޯޑް މިއަދު އާކޮށް ހުކުރު ނަމާދަށް ދިއުމަށް އަށް ކިލޯމީޓަރަށް ފަތައި ބ. ކުޑަރިކިލަށް އަރައިފި އެވެ.
08 ފެބުރުއަރީ 2019
ކަނޑު ހުރަސްކޮށް މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ދިގު ފެތުމުގެ ބައިވެރިން އިއްޔެ ހެދި ރެކޯޑް މިއަދު އާކޮށް ހުކުރު ނަމާދަށް ދިއުމަށް އަށް ކިލޯމީޓަރަށް ފަތައި ބ. ކުޑަރިކިލަށް އަރައިފި އެވެ.
އިއްޔެ މި ޓީމުން ވަނީ ކަނޑު ހުރަސްކޮށް މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ދިގު ފެތުން ފުރިހަމަކޮށްފަ އެވެ. އަމިއްލަފުށި ރިސޯޓުން ކަމަދޫއަށް އެ ޓީމުން ފަތާފައި އެރީ 6.75 ކިލޯމީޓަރު ހުރަސްކޮށްފަ އެވެ. މިއަދު އެ ރެކޯޑް އާކޮށްފައި މިވަނީ 8 ކިލޯމީޓަރަށް ފަތައިގެންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ފެށި، "ސްވިމް މޯލްޑިވްސް ބާ ކްރޮލް" ދިގު ފެތުމުގެ ބައިވެރިން، މިއަދުގެ ފަތަން ފެށީ 6:45 ހާއިރު މިއަތޮޅު ކަމަދޫއިންނެވެ. އެ ރަށުން ފަތައިގެންގޮތަށް ފުރަތަމަ އެރީ ފޯސީޒަން ލަނޑާގިރާވަރަށެވެ. ފެތުންތެރިންނަށާއި ޓީމަށް އެރަށުން ހޫނު މަރުހަބާއެއް ކިޔެ އެވެ.
ފެތުމުގެ ބައިވެރިން ފޯސީޒަން ރިސޯޓުގެ މެރިން ޑިސްކަވަރީ ސެންޓަރުގައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު
ފެތުންތެރިން ވަނީ އެ ރިސޯޓުގައި ހިންގާ މެރިން ޑިސްކަވަރީ ސެންޓަރު ބަލާލައި އެތަނުގައި ވެލަޔަށް ފަރުވާދޭ ގޮތާއި މުރަކަ ހައްދާގޮތް ބަލައިފަ އެވެ. ކުޑަ ވަގުތުކޮޅަކު އަރާމު ކުރުމަށް ފަހު ފަތައިގެން އަށް މީހުން މިއަދު 11:20 ހާއިރު ކުޑަރިކިލަށް އެރި އެވެ.
ފެތުންތެރިންގެ ޓީމުގައި އިސްކޮށް އުޅޭ، ގާނޫނީ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިއަދުގެ މޫސުމާއި އޮއިވަރު ހުރި ގޮތުން ފަތާލަން ވަރަށް ފަސޭހަ ކަމަށެވެ. މިއަދު މިއީ މި ހަރަކާތުގައި ފެތި ދުވަސްތަކުގެ ތެރެއިން "އެންމެ އަރާމު އެއް ދުވަސް" ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"އަނެއްކާވެސް މިވަނީ އެންމެ ދިގު ފެތުން ފަތާފަ. މިއަދު އެހެން ދުވަސް ދުވަހަށްވުރެ ލުއި،" ޝަމީމް ވިދާޅުވި އެވެ.
ފަތަން ދަސްކޮށްދިނުމާއި މޫދުގައި ދިމާވެދާނެ ހާދިސާއަކުން އާއްމުން ހޭލުންތެރި ކުރުވުމަށް އުރީދޫ އާއި ސްވިވް މޯލްޑިވްސްއިން ކުރިއަށްގެންދާ ހަރަކާތް މިއަދު ހަވީރު މިރަށުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެއީ ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ވޯކްޝޮޕެކެވެ.
ފެތުމުގެ މި ހަރަކާތް ނިންމާނީ މާދަމާ އެވެ. ކުޑަރިކިލުން ފަތާފައި ދާނީ ކެންދޫއަށެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގެން ފެތުމުގައި ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ތާރީޚީ ދިގު ފެތުން ނިންމަން ހިފައިފި
ފެތުމަކީ ދިވެހިންނާ އެންމެ ގުޅޭ ކުޅިވަރު: މިނިސްޓަރު
ދައްތަގެ ފެތުން ނިންމާލަން ބައިވެރިވީ ކޮއްކޮ
އެންމެ ފިޓީ އެންމެ ދޮށީ ފެތުންތެރިޔާ!
ތިމާވެށީގެ ފެތުމުގައި 23 ކިލޯމީޓަރު ހަމަކޮށްފި
ތިމާވެށީގެ ފެތުން: އުނދަގޫ އެކަމަކު ހުއްޓުމެއް ނެތް!
ތިމާވެށި ރައްކާތެރިކުރަން އެދި ފަތާފައި 22 ރަށަށް!
ކުޑަރިކިލު ގޮނޑުދޮށުގައި ގޮވި 'ރިހި ސިލިންޑަރު'
ވާހެދިފައި ވިޔަސް މިއީ އަގުހުރި ތަރިކައެއް
ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމްނާ އަށް ހާއްސަ ރެކޯޑެއް