Roadha Mihaaru
ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ޕޯޓަލެއް

ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ޕޯޓަލެއް ތައާރަފްކޮށްފި

12 ފެބުރުއަރީ 2019

ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލެއް މިއަދު ތައާރަފްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލެއް މިއަދު ތައާރަފްކޮށްފި އެވެ.

"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެއީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރުމަށް ގާއިމްކޮށްދިން ވެބް ޕޯޓަލެއް ކަމަށާއި އެ ނިޒާމު މެދުވެރިކޮށް ޝަކުވާ ހުށަހަޅާއިރު ކާކުކަން ބުނެދޭން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މައްސަލަތައް ހުށަހަޅަނީ ކާކުކަން އެނގިދާނެތީ ބިރުގަންނަން ނުޖެހޭނެ ކަމަށާއި މިއީ ވިސިލްބްލޯ އަށް މަގުފަހިކޮށް ދޭނެ މުހިންމު ވަސީލަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓު.

ރައީސް އޮފީހުގެ ސެކްރެޓަރީ ޕޮލިސީ އައިމިނަތު ޝައުނާ ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރު އިންތިހާ އަށް ދިއުމުން ކަމަށެވެ. އެހެންވެ، ކޮރަޕްޝަންގެ ވަބާ ހުއްޓުވުމަށް ސަރުކާރުން އިސްވެ، ސިޔާސަތުތައް ކަނޑައަޅައި ކުރެވެން ހުރިހާ ހުރިހާ ކަމެއް ކުރަން ވައުދުވެފައިވާ ކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަކީ އަމާޒެއް ކަމަށާއި މި ކަންކަން ހާސިލް ކުރުމަށް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ސަރުކާރުގެ އިދާރާތަކާ ގުޅޭ ގޮތުން ދެހާހަށް ވުރެ ގިނަ ރިކޮމަންޑޭޝަންތައް ހުށަހަޅާފައިވާ އިރު، އަމާޒަކީ އިތުރު ދިރާސާތަކެއް ކުރުމުގެ ބަދަލުގައި ރިކޮމަންޑޭޝަންތައް ތަންފީޒު ކުރެވޭނެ ގޮތަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރުން ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، ކޮރަޕްޝަނަށް މަހުފަހި ނުވާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރެވޭނެ ކަމުގެ ޔަގީންކަން ހުރިހާ ބޭފުޅުންނަށް އަރުވަން،" ޝައުނާ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭ ގޮތަށް ތައްޔާރު ކުރި ޕޯޓަލަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގްލޯބަލް ލީކްސް އިން އުފައްދާފައިވާ ސޮފްޓްވެއާ އެކެވެ. ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅޭ އިރު، ޕޯޓަލް އަށް ލިޔެކިޔުންތައް ވެސް ފޮނުވޭނެ އެވެ.

ރައީސް އޮފީހުން ބުނީ ޕޯޓަލް މެދުވެރިކޮށް، ރައްކާތެރިކަމާ އެކު ކާކު ކަން ނޭނގޭ ގޮތަށް ރައީސް އޮފީހުގައި އޮންނަ ކޮމިޓީއާ މުއާމަލާތް ކުރެވޭނެ ކަމަށެވެ. ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.