Roadha Mihaaru
ސީރިއާގެ މުހިންމު ޓައުނެއް އައިއެސްގެ އަތުން ހިފައިފި

ސީރިއާގެ މުހިންމު ޓައުނެއް އައިއެސްގެ އަތް ދަށުން ހިފައިފި

25 އޯގަސްޓް 2016

ދިމިޝްގު (އޮގަސްޓް 25) - ތުރުކީގެ އެއްގަމު ސިފައިންނާއި އެމެރިކާގެ ވައިގެ ހަމަލާތަކުގެ އެހީތެރިކަމާ އެކު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް ޖަރާބްލުސް ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ހިފައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮގަސްޓް 25) - ތުރުކީގެ އެއްގަމު ސިފައިންނާއި އެމެރިކާގެ ވައިގެ ހަމަލާތަކުގެ އެހީތެރިކަމާ އެކު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް ޖަރާބްލުސް ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ހިފައިފި އެވެ.

ޖަރާބްލްސް ހިފާފައި ވަނީ ތުރުކީގެ ހަނގުރާމަތީ ބޯޓުތަކާއި ޓޭންކުތައް އަދި ޚާއްސަ ސިފައިން ސަރަހައްދީ ރޮނގު ހުރަސްކޮށް ސީރިއާ އަށް އިއްޔެ ވަދެފައި ވަނިކޮށެވެ. ސީރިއާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ބުނެފައި ވަނީ ޖާރާބްލްސްގައި ތިބި އައިއެސްގެ ހަނގުރާމަވެރިން އަމާންދީފައިވާ ކަމަށެވެ. ތުރުކީން ބުނެފައި ވަނީ ހަމަލާތައް އަމާޒުކޮށްފައި ވަނީ އައިއެސްގެ ހަނގުރާމަވެރިންނާއި ކުރުދީ ހަނގުރާމަވެރިންނަށް ކަމަށެވެ.

އައިއެސްގެ ބާރުގެ ދަށުން ޖަރާބްލްސް މިނިވަން ކުރުމުގައި ގިނަ އަދަދެއްގެ ޓޭންކު ވަނީ ބައިވެރިވެފައި. --ފޮޓޯ:އޭއެފްޕީ

އައިއެސްގެ ބާރުގެ ދަށުން ޖަރާބްލްސް މިނިވަން ކުރުމުގައި ގިނަ އަދަދެއްގެ ޓޭންކު ވަނީ ބައިވެރިވެފައި. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ޖަރާބްލްސް އަނބުރާ ހިފާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ތުރުކީ އަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ނައިބް ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ އެއްގަމު މަގުން ހަމަލާތައް ދެމުން ދިޔަ އިރު އެމެރިކާގެ ވައިގެ ހަމަލާތަކުން ރައްކާތެރިކަން ދީފައިވާ ކަމަށެވެ.

ތުރުކީން ބުނެފައި ވަނީ އެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރިން އައިއެސް ފުހެލާނެ ކަމަށެވެ. އައިއެސްއާ ދެކޮޅަށް ތުރުކީން އޮޕަރޭޝަން ފަށާފައި މި ވަނީ ކުރުދީ ޓައުނެއް ކަމަށްވާ ގަޒިއެންޓެޕުގެ ކައިވެނި ޕާޓީއަކަށް ޖާނުންފިދާވުމުގެ ހަމަލާއެއްދީ 54 މީހުން މަރާލާފައި ވަނިކޮށެވެ.

ސަރަހައްދީ ރޮނގު ހުރަސްކޮށް ގިނަ އަދަދެއްގެ ޓޭންކާއި ޕިކަޕް ވަނީ ސީރިއާ އަށް ވަދެފައި.

ސަރަހައްދީ ރޮނގު ހުރަސްކޮށް ގިނަ އަދަދެއްގެ ޓޭންކާއި ޕިކަޕް ވަނީ ސީރިއާ އަށް ވަދެފައި.

ސީރިއާގެ މުހިންމު އެހެން ޓައުނެއް ކަމަށްވާ މަންބިޖުން ވެސް އައިއެސް ވަނީ މި މަސްތެރޭ ފަހާލައިފަ އެވެ.

އުރުދުޣާން ވިދާޅުވެފައި ވަނީ އެމެރިކާގެ ނައިބް ރައީސްގެ ދަތުރުގައި ފަތުހުﷲ ގުލެން އަނބުރާ ތުރުކީއާ ހަވާލު ކުރުމަށް ބާރު އަޅުއްވާނެ ކަމަށެވެ. ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވަނީ ތުރުކީ އަށް ގެއްލުމެއް ދީފައިވާ އެކަކަށް ވެސް އެމެރިކާ އިން ހިމާޔަތް ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.