ވޮޝިންޓަން (އޮގަސްޓް 25) - އަހަރެމެން ދިރިއުޅޭ މި ދުނިޔެއާ އެއްގޮތް އެހެން ދުނިޔެއެއް ސައެންސްވެރިން ހޯދައިފި އެވެ.
25 އޯގަސްޓް 2016
ވޮޝިންޓަން (އޮގަސްޓް 25) - އަހަރެމެން ދިރިއުޅޭ މި ދުނިޔެއާ އެއްގޮތް އެހެން ދުނިޔެއެއް ސައެންސްވެރިން ހޯދައިފި އެވެ.
ސޯލާ ސިސްޓަމުން ބޭރުން އެންމެ ކައިރިން ހޯދި މި ޕްލެނެޓަށް ދީފައިވާ ނަމަކީ ޕްރޮކްސިމާ ބީ އެވެ. ސައެންސްވެރިން ބުނެފައި ވަނީ ޕްރޮކްސިމާ ހިމެނޭ ޒޯނުގެ ސަބަބުން އެ ޕްލެނެޓުގައި ފެން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސާޅީސް ޓްރިލިއަން ކިލޯ މީޓަރު ދުރުގައިވާ ޕްލެނެޓާ ހަމައަށް ވާސިލްވުމަށް މިހާރު ހުރި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވެސް އެތައް ހާސް އަހަރެއް ނަގާނެ އެވެ.
"އެ ހިސާބަށް މިހާރު ދިއުން ވާނީ ސައެންސްގެ ޚިޔާލީ ކަމަކަށް. އެކަމަކު ކޮންމެވެސް ދުވަހަކުން އެ ޕްލެނެޓަށް އުޅަނދެއް ފޮނުވޭނެ،" އާ ދުނިޔެ ހޯދި ޓީމުގައި ހިމެނޭ ސައެންސްވެރިޔާ ގުއިލެމް އަންގްލާޑާ އެސްކޫޑަ ވިދާޅުވި އެވެ.
ޕްރޮކްސިމާ ބީ އަކީ ދުނިޔެއާ އެއްގޮތް ޕްލެނެޓެއް ކަމަށް ސައެންސްވެރިން ބުނޭ.
ބިލިއަނާ ޔޫރީ މިލްނާ މި އަހަރު ކުރީކޮޅު ވަނީ ގެލެކްސީތައް ހުރަސްކޮށް ދަތުރު ކުރެވޭވަރުގެ ޖައްވީ އުޅަނދެއް ތައްޔާރު ކުރުމަށް 100 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެސްކޫޑަ ވިދާޅުވީ މި ޕްލެނެޓް ވަނީ އިރާއި މި ދުނިޔެއާ ދެމެދުގައިވާ ދުރުމިނުގެ ފަސް ޕަސެންޓް ދުރުގައި ކަމަށެވެ. އަދި ޕްރޮކްސިމާ އަށް އިރުގެ އަލި ލިބެނީ 1،000 ގުނަ ފަނޑުކޮށް ކަމަށެވެ. މާނައަކީ ޕްރޮކްސިމާ އަށް ލިބޭނީ ދުނިޔެ އަށް ލިބޭ އަލީގެ 70 ޕަސެންޓް ކަމެވެ.
ޕްރޮކްސިމާ ވަނީ 40 ޓްރިލިއަން ކިލޯ މީޓަރު ދުރުގައި.
އަލަށް ހޯދި ދުނިޔެއާ ބެހޭ ގޮތުން އަދި ލިބެން ހުރީ ވަރަށް މަދު މައުލޫމާތެއް ނަމަވެސް، ސައެންސްވެރިން ބުނަނީ މިއީ މިހާތަނަށް ހޯދުނު އެންމެ މުހިންމު އެކްސޯޕްލެނެޓް ހޯދުން ކަމަށެވެ. އެކްސޯޕްލެނެޓަކީ ސޯލާ ސިސްޓަމުން ބޭރު ކޮންމެ ޕްލެނެޓެކެވެ. ފުރަތަމަ އެކްސޯޕްލެނެޓް 1995 ވަނަ އަހަރު ހޯދި ފަހުން މިހާތަނަށް ވަނީ 3،500 އެކްސޯޕްލެނެޓް ހޯދައިފަ އެވެ.
ހަނދަށް ފަހު އިންޑިއާގެ މިސްރާބު އިރަށް
ޖައްވީ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވިއްޖެ: ނާސާ
ނާސާގެ އިއުލާންކުރުން: މި ދުނިޔެ ވަރުގެ ހަތް ޕްލެނެޓް
ދުނިޔޭގައި ކެތްވާނީ އިތުރު 1000 އަހަރު: ހޯކިންސް
އިރާ އެންމެ ކައިރިއަށް ދިއުމުގެ ރެކޯޑް ނާސާއަށް
ސީއެޗްއެސްއީގައި މެރިން ސައިންސް ކިޔަވައިދޭން ފަށައިފި
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ
އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް
ކޮވިޑް ވެކްސިންގެ މޭސްތިރިންނަށް ނޮބެލް އިނާމު
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ