16 ފެބުރުއަރީ 2019
ރާނީ މުކަރްޖީ 2014 ގައި ކުޅުނު ކާމިޔާބު ފިލްމު "މަރުދާނީ" ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހުގެ 18 ވަނަ ދުވަހު މުމްބާއީގައި ފަށާ ގޮތަށް ނިންމައިފި އެވެ.
ރާނީ މުކަރްޖީ 2014 ގައި ކުޅުނު ކާމިޔާބު ފިލްމު "މަރުދާނީ" ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހުގެ 18 ވަނަ ދުވަހު މުމްބާއީގައި ފަށާ ގޮތަށް ނިންމައިފި އެވެ.
ޑީއެންއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާނީ ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ދެވަނަ ބައި "މަރުދާނީ 2" ގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުން އަންނަ އިރު، މި ފިލްމުވެގެން ދާނީ ފުރަތަމަ ބަޔާ ހިލާފަށް ރާނޫގެ ގިނަ އެކްޝަން މަންޒަޒަރުތަކެއް ވެސް ހިމެނޭނެ ފިލްމަކަށެވެ. އަދި މި ފިލްމުގެ ވިލަންއެއްގެ ރޯލުން މި ފަހަރު 21 އަހަރުގެ ވަރަށް ކުޅަދާނަ އެކްޓަރަކު ފެންނާނެ ކަމަށްވެ އެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސް ކުރާ "މަރުދާނީ 2" ގެ ލިޔެ، ޑައިރެކްޓް ކުރަނީ ގޯޕީ ޕުތުރަމް އެވެ. މީގެ ފުރަތަމަ ބައި ޑައިރެކްޓް ކުރީ މިދިޔަ އަހަރު ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ގެނެސް ދިން ޕަރްދީޕް ސަރުކާރެވެ.
ރާނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނާ ޓީޗަރެއްގެ ރޯލުން ފެނިގެން ދިޔަ ކާމިޔާބު ފިލްމު "ހިޗްކީ" އެވެ.
ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ތަޅަޕް" ޝޫޓް ކުރާނެ މަންޒަރުތައް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
Locations under finalization... Director Milan Luthria in #Mussoorie for the recee of Ahan Shetty’s debut film... Produced by Sajid Nadiadwala... #Hindi adaptation of #Telugu film #RX100. pic.twitter.com/Jw7Mx90gDj
— taran adarsh (@taran_adarsh) February 14, 2019
ޑައިރެކްޓަރު މިލަން ލުތުރިއާ މިހާރު އަންނަނީ އިންޑިއާގެ މުސޫރީ އަށް ޒިޔާރަތްކޮށް، ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަންތައް ފައިނަލް ކުރަމުންނެވެ. އެހެންވެ މާ ލަސްތަކެއް ނުވެ "ތަޅަޕް" ގެ ޝޫޓިން ފަށާނެ އެވެ، މި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ތެލެގޫ ފިލްމު "އާރްއެކްސް 100" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ ފިލްމުން އަހާން، 23، ބޮލީވުޑަށް ދޫކޮށްލާ އިރު، އޭނާއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ކާކު ކަމެއް އަދި ނޭނގެ އެވެ. އަދި ފިލްމު ރިލީޒް ކުރާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.
ބުރާސްފަތި ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ޒޯޔާ އަހްތަރުގެ ފިލްމު "ގަލީ ބޯއި" ލީކްކޮށްލައިފި އެވެ.
#OneWordReview…#GullyBoy: FANTASTIC.
— taran adarsh (@taran_adarsh) February 14, 2019
Rating: ⭐️⭐️⭐️⭐️
Depicts the struggles of an underdog brilliantly... Zoya Akhtar’s best film to date... Ranveer is phenomenal... Alia is electrifying... Siddhant Chaturvedi is super... Not to be missed! #GullyBoyReview pic.twitter.com/f6phWdsb7Q
މި ފިލްމު ލީކްކޮށްލީ މި ފަހުން ނެރޭ ގިނަ ފިލްމުތައް ލީކްކޮށްލުމުގެ ފަހަތުގައި އޮތް ޓަމިލް ރޮކާޒްއިންނެވެ.
"ގުލީ ބޯއި" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ފިލްމު ވަރަށް ރަނގަޅަށް ހިނގާނެ ކަމަށް ބެލެވިފައި ވަނިކޮށް ފިލްމު ލީކްކޮށްލުމުން މީގެ ޕްރޮޑަކްޝަން ޓީމަށާއި ޑިސްޓްރިބިއުޓަރުންނަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. މި ފިލްމު ލީކްކޮށްލި އިރު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ކޮޕީ ރައިޓްގެ ގާނޫނަށް ފިލްމުތަކުގެ ވަގު ވިޔަފާރި ކުރާ މީހުން ތިން އަހަރުގެ ޖަލު ހުކުމަކާ އެކު މަދުވެގެން 10 ލައްކަ ރުޕީސްގެ ޖޫރިމަނާއެއް ކުރެވޭ މާއްދާއެއް ވެސް އިތުރުކޮށްފަ އެވެ.
ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލް ކުޅެފައިވާ "ގަލީ ބޯއި" އަށް ގިނަ ކްރިޓިކުން ވަނީ ވަރަށް ތައުރީފުކޮށް، މިއީ ވަރަށް އަދި ފުރިހަމަ ފިލްމެއް ކަމަށް ބުނެފަ އެވެ. ގިނަ ކްރިޓުން ވަނީ ފިލްމަށް ހަތަރެކާއި ތިނެއް ބައި ތަރީގެ ރޭޓިންއެއް ދީފަ އެވެ.
ބޮލީވުޑްގެ ސްޕަސްޓާ އަމީތާބް ބައްޗަން ފިލްމު ކުޅޭތާ 50 އަހަރު ފުރުމާ ދިމާކޮށް، ދަރިފުޅު އަދި އެކްޓަރު އަބީޝެކް ބައްޗަން އޭނާގެ ޝުއޫރުތައް އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.
އަމީތާބް އައިކަންއެއްގެ ގޮތުގައި ސިފަ ކުރަމުން އަބީޝެކް ބުނީ ކެރިއަރަށް 50 އަހަރު ފުރިގެން ދިޔަ އިރު، ބައްޕަ އަދިވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން ފޯރި އާއި ޖޯޝާ އެކީގައި ކަމަށެވެ. އެހެންވެ އަދި ކުރިއަށް 50 އަހަރު ވެސް އެގޮތުގައި އަމިތާބް ދެމިހުންނާނެ ކަމަށާއި ބައްޕަގެ ކެރިއަރުގެ ކުރިއަށް އޮތްތަން ދެކެން ކެތްމަދުވެފައިވާ ކަމަށް ބުންޏެވެ.
މިހާރު އުމުރުން 76 އަހަރުގެ އަމީތާބް ފިލްމު ކުޅެން ފެށީ 1969 ގެ "ސާތު ހިންދުސްތާނީ" އިންނެވެ.
އޭގެ ފަހުން އޭނާ ވަނީ ވަރަށް ކާމިޔާބު އެހާމެ މޮޅެތި ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ޝޯލޭ"، "ދީވާރު"، "ޑޮން"، "ސިލްސިލާ" އަދި "ބްލެކް" ފަދަ އެތަކެއް ފިލްމެއް ހިމެނެ އެވެ. އަމީތާބްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ "ބަދުލާ" އެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބަންޓީ އޯރް ބަބްލީ 2" އިއުލާންކޮށްފި
"ބަންޓީ އޯރް ބަބްލީ 2.0" އަށް މަދަވަން
ސައިފް ވައިއާރްއެފްގެ ފިލްމެއް ދޫކޮށްލައިފި
މި ފަހަރު "ބަންޓީ އޯރް ބަބްލީ އެގެއިން"
ރާނީ އާއި އަބީޝެކް އެކީގައި އަލުން ފެންނާނެ
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ