20 ފެބުރުއަރީ 2019
މުސްކުޅިވުމުގެ އަލާމާތްތައް ފާޅުވުން ލަސްކޮށްދޭ ބޭހެއް ތައްޔާރުކޮށްފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މުސްކުޅިވުމުގެ އަލާމާތްތައް ފާޅުވުން ލަސްކޮށްދޭ ބޭހެއް ތައްޔާރުކޮށްފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކާގެ ޔުނިވަސިޓީ އޮފް ޓެކްސަސް މެޑިކަލް ބްރާންޗް (ޔޫޓީއެމްބީ) އިން ހަދައި ބައޮކެމިކަލް ފާމަކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި މުސްކުޅިވަނީ ނިކޮޓިނަމައިޑް އެން-މެތީލްޓްރާންފެރޭޒް (އެންއެންއެމްޓީ) ކިޔާ ޕްރޮޓީންއެކެވެ.
އެތަނުގެ ރިސާޗް ޓީމުން ބުނި ގޮތުގައި އެ ޕްރޮޓީން ބޭނުންކޮށްގެން، އެންއެންއެމްޓީ އިންހިބިޓާ (އެންއެންއެމްޓީ-އައި) ކިޔާ ބޭހެއް އީޖާދުކޮށް، އެ ބޭސް ދުވަސްވީ މީދަލުގައި ޓެސްޓް ކޮށްފަ އެވެ.
ދިރާސާ ޓީމުގައި ހިމެނޭ ސައިންޓިސްޓް ހަރްޝިނީ ނީލަންކަންތަން ބުނި ގޮތުގައި މީދަލަށް އެންއެންއެމްޓީ-އައި ދީގެން ނުކުތް ނަތީޖާތަކުން ދައްކާ ގޮތުގައި މަސަލް ޓިޝޫތަކުގެ ސައިޒް ބޮޑުވެ، މެޓަބޮލިކް ސްޓޭޓްސް ވަރުގަދަކޮށް ދީފައިވެ އެވެ. މިއާ އެކު މީދާތައް ފިޓްވެ، ހަރަކާތްތެރިކަން އިތުރުކޮށް ދިނުމާ އެކު ޒުވާން ކަމަށް ދެއްކި އެވެ.
"އެހެންވެ މިއީ ކުރިއަށް އޮތް ތަނުގައި ޒުވާންކަން ދެމެހެއްޓުމަށް ބޭނުން ކުރެވޭނެ އެއްޗަކަށް ވާނެ،" ހަރްޝިނީ ބުންޏެވެ. "މީގެ ކުރިއަކުން ނެތް މުސްކުޅިވުން ލަސްކޮށް ދޭން އެހީވެދޭ ފަރުވާއެއް."
ނަމަވެސް މުސްކުޅިވުން ލަސްކޮށްދޭ ބޭސް އިންސާނުން އާންމުކޮށް ބޭނުންކުރަން ލިބޭނެ އިރެއް އަދިއެއް ނޭނގެ އެވެ.
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް
ދުވަަސްވީ މީހުން ރާޒުވާ ކުޅުމުން ހަނދާން ގަދަވޭ
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން
ހަނދާންނެތޭ ބައްޔަށް ޗައިނާ އިން އާ ބޭހެއް
ލޭމައްޗަށްދާ މީހުން ބޭސް ކާން ރަނގަޅީ ކޮން ވަގުތެއް؟
ހަނދާންނެތޭ ބައްޔާ ދެކޮޅަށް ދުވާލަކު 9000 ފިޔަވަޅު
ސިއްހީ ދިރާސާކުރުމުގެ ޝައުގު އަންނަނީ އިތުރުވަމުން
ހަނދާން ގަދަކުރަން މަޝްރޫމް ރަނގަޅު
އުމުރުން ދުވަސްވީ މީހުންނަށް ހެޒެލް ނަޓްސް