15 ނޮވެމްބަރ 2019
ކެންސަރު ބައްޔަށް ދޭ ޒަމާނީ ފަރުވާތަކުގެ ބަދަލުގައި ބޭނުންކުރެވޭ އެހެނިހެން ހާބަލް އުފެއްދުންތަކާއި ތެރަޕީތަކުން ބައްޔަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ބަދަލުގައި ކުރިމަތިވަނީ އިތުރު ގެއްލުންތަކެއް ކަމަށް ތަޖުރިބާކާރުންތަކެއް ވިދާޅުވެއްޖެ އެވެ.
ކެންސަރު ބައްޔަށް ދޭ ޒަމާނީ ފަރުވާތަކުގެ ބަދަލުގައި ބޭނުންކުރެވޭ އެހެނިހެން ހާބަލް އުފެއްދުންތަކާއި ތެރަޕީތަކުން ބައްޔަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ބަދަލުގައި ކުރިމަތިވަނީ އިތުރު ގެއްލުންތަކެއް ކަމަށް ތަޖުރިބާކާރުންތަކެއް ވިދާޅުވެއްޖެ އެވެ.
ޕޯޗްގަލްގެ ލިޒްބަންގެ ޗެމްޕެލިމާޑް ކެންސާ ސެންޓަރުގެ އުރަމަތީގެ ކެންސަރާ ބެހޭ ހެޑް ސާޖަން ޕްރޮފެސަރު މާރިއާ ޖޮއޯއާ ކާޑަސޯ ވިދާޅުވި ގޮތުގައި އެންމެ ރައްކާތެރި ގޮތަކީ ކެންސަރަށް ޑޮކްޓަރުން ރަސްމީކޮށް ރިކޮމަންޑްކުރާ ފަރުވާތަކާއި ބޭސްތައް ފިޔަވައި އިތުރު އެއްޗެއް ބޭނުން ނުކުރުން ކަމަށެވެ.
އެގޮތުން އިނގުރާއި ލޮނުމެދާއި ރީނދުލާއި ގްރީން ޝްރެޓާ، ޗިންގޯ، ޖިންސިން، ފީވާފިއު، ހޯތޯން އަދި ހޯސް ޗެސްޓްނަޓް ފަދަ އެއްޗެހީގެ ތާސީރުން އުފައްދާފައިވާ ބޭހާއި ތެރަޕީތައް އެއްގޮތަކަށް ވެސް ރައްކާތެރި ނޫން ކަމަށް ވިދާޅުވި އެވެ.
"އެފަދަ ބާވަތްކުގެ ތައްތާރުކޮށްފައި ހުންނަ ފަރުވާތަކާއި ތެރަޕީތަކުގެ ސަބަބުން އުރަމަތީގެ ކެންސަރު ކަހަލަ ބަލިތަކުގައި ހަންގަނޑަށް ލިބޭ ޒަހަމްތައް ފަސޭހަވުމުގެ ބަދަލުގައި ވަނީ ގޯސް. އަދި ޒަހަމްތައް ރަނގަޅުވާން ނަގާ މުއްދަތު ވެސް ލަސްކޮށްދޭ،" މާރިއާ ވިދާޅުވި އެވެ. "އެހެންވެ އެންމެ ރައްކާތެރި ގޮތަކީ އެފަދަ ބާވަތްތަކުގެ ފަރުވާތަކަށް ނުދިއުން."
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ސަބަބުތައް ހުރުމާ އެކ، ޑޮކްޓަރުން ވެސް ކެންސަރު ބަލީގެ މީހުނަށް ހާބަލް ފަރުވާތައް ނުވަތަ އޯލްޓަނޭޓިވެއްގެ ގޮތުގައި އެހެން ބާވަތްތަކުގެ ތެރަޕީތައް ނުނެގުމަށް އިރުޝާދުދޭން ޖެހެ އެވެ.
މާރިއާ ވިދާޅުވީ ގޮތުގައި އެފަދަ ފަރުވާތަކާއި ބޭސްތައް ބޭނުންކުރާ ނަމަ ކެންސަރަށް ދޭ ޒަމާނީ ފަރުވާތަކުގެ ތެރޭގައި ހިމެނޭ ކީމޯތެރަޕީ އާއި ހޯމޯންތެރަޕީ އަށް ގުޑުންއަރުވާނެ އެވެ.
"ނަތީޖާ އަކީ ބްލަޑް ކްލޮޓިން ޕްރޮސެސް ވެސް ގަނޑުބަޑުވެ ފަރުވާތަކުން ލިބެން ޖެހޭ ނަތީޖާ ލިބުން ލަސްވުން ނުވަތަ ހާލަތު އިތުރަށް ގޯސްވެގެން ދިއުން" އޭނާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ކެންސާ ރިސާޗްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ކެންސަރުގެ ފަރުވާތައް ނަގަމުން އަންނަ ދުވަސްވަރު ބައެއް ކަހަލަ ކާނާ އާއި ބުއިންތައް ވެސް ބޭނުންކުރުން ރައްކާތެރިއެއް ނޫނެވެ. އޭގެ ތެރޭގައި ގްރޭޕްފުރުޓާއި އޮރެންޖް ފަދަ ބާވަތްތައް ހިމެނެ އެވެ.
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ރަހިމުގެ ކެންސަރާ ދެކޮޅަށް އެޗްޕީވީގެ އެންމެ ޑޯޒެއް