Roadha Mihaaru
އެއާޕޯޓް ފެރީ ފުރުން މާލެ-ހުޅުމާލެ ފެރީ ޓާމިނަލަށް

އެއާޕޯޓް ފެރީ ފުރުން ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކޮށްފި

24 ފެބުރުއަރީ 2019

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ ފެރީތައް މާލެއިން ފުރާ ސަރަހައްދަކަށް މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ހަމަޖައްސައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ ފެރީތައް މާލެއިން ފުރާ ސަރަހައްދަކަށް މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ހަމަޖައްސައިފި އެވެ.

އެއާޕޯޓް ފެރީގެ ހިދުމަތްދޭ އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެއާޕޯޓަށް ދަތުރުކުރާ ފެރީ މިރޭ ދަންވަރު 12:15 އިން ފެށިގެން މާލެއިން ފުރާނީ މާލެ-ހުޅުމާލެ ފެރީ ޓާމިނަލުން ކަމަށެވެ.

ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލެ އަށް ފެރީން ދަތުރުކުރާ މީހުން މަދުވެ، ފެރީ ޓާމިނަލްގެ ބޮޑު ބައެއް މިހާރު އޮންނަނީ ހުސްކޮށެވެ.

އަތޮޅުތަކަށް ދަތުރުކުރާ އަމިއްލަ ފަރާތްތަކުގެ ލޯންޗްތައް ވެސް އެ ޓާމިނަލަށް ލަފާ ފުރާ ގޮތަށް ހަމަޖައްސަން އެމްޓީސީސީއާ ވާހަކަ ދައްކަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.