Roadha Mihaaru
ހުޅުމާލެ އަށް އޭސީ އިތުރު ފެރީއެއް ފަށައިފި

ހުޅުމާލެއަށް އެމްޓީސީސީން އޭސީ އިތުރު ފެރީއެއް ބާއްވަން ފަށައިފި

11 ޖޫން 2017

އެމްޓީސީސީން މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ އިތުރު ފެރީއެއް ދުއްވަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޓީސީސީން މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ އިތުރު ފެރީއެއް ދުއްވަން ފަށައިފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އަލަށް ދުއްވަން ފެށި އޭސީ ފެރީގެ ސަބަބުން "ޕްރިމިއަމް ލިންކް" ގެ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ. އާ ފެރީއާ އެކު ޕްރިމިއަމް ލިންކްގެ ތިން ފެރީ މިހާރު އޮންނާނެ އެވެ.

"ބައެއް ފަހަރު ޑިލޭވާ ފަހަރު އާދޭ ޕްރިމިއަމް ލިންކްގެ ހިދުމަތް. އެކަމަކު މިހާރު ލަސްވުމެއް ނެތި ތާވަލާ އެއްގޮތަށް ހިދުމަތް ދެމުން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ގެނައި ފެރީއާ އެކު މެދުކެނޑުމެއް ނެތި ކޮންމެ ބައި ގަޑިއިރުން ދަތުރެއް ކުރަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ހޭދަވާ ޕްރިމިއަމް ލިންކްގެ ދަތުރުތަކަށް މީހަކަށް ނަގަނީ 10 ރުފިޔާ އެވެ.

އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ ރޯދަ މަހު ބާރުބޮޑުވާ ބައެއް ގަޑިތަކުގައި އިތުރު ފެރީތައް ބާއްވަމުން އަންނަ ކަމަށެވެ.

"އޮފީސްތަކަށާއި ސްކޫލްތަކަށް ދާ ގަޑިތަކުގަ އާއި އޮފީސްތަކާއި ސްކޫލްތަކުން އަންނަ ގަޑިތަކުގައި ހާއްސަކޮށް ފެރީތައް އިތުރުކޮށްފައިވާނެ،" އޮފިޝަލް ވިދާޅުވި އެވެ.