Roadha Mihaaru
އާ ކަމެއް ނެތުމުން، ސްމާޓްފޯނު ވިޔަފާރި ދަށްވަނީ

އާ ކަމެއް ނެތުމުން، ސްމާޓްފޯނު ވިޔަފާރި ދަށްވަނީ

26 ފެބުރުއަރީ 2019

މަޝްހޫރު ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް ބާރުގަދަ ފޯނުތަކެއް މާކެޓަށް ނެރެ އެވެ. އެކަމަކު، މިހާރަކަށް އައިސް އިވެނީ، ކުންފުނިތަކުން ބޭނުންވާ އަދަދަށް ފޯނުތައް ނުވިކެޔޭ ބުނާ އަޑެވެ. ސަބަބެއް ނޭނގެ އެވެ. އެނގުނަސް، އާންމުކުރާކަށް ބޭނުމެއް ނުވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މަޝްހޫރު ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް ބާރުގަދަ ފޯނުތަކެއް މާކެޓަށް ނެރެ އެވެ. އެކަމަކު، މިހާރަކަށް އައިސް އިވެނީ، ކުންފުނިތަކުން ބޭނުންވާ އަދަދަށް ފޯނުތައް ނުވިކެޔޭ ބުނާ އަޑެވެ. ސަބަބެއް ނޭނގެ އެވެ. އެނގުނަސް، އާންމުކުރާކަށް ބޭނުމެއް ނުވެ އެވެ.

ސްމާޓްފޯން މަސްރަހުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ފޯނުތައް ނުވިކޭ މައިގަނޑު ސަބަބަކީ، އާކަމެއް ނެތުމެވެ. ބޭނުންކުރާ މީހުން ސިހޭ ވަރުގެ ކަމެއް ނެތުމެވެ. އާކަމެކޭ ބުނެ އިންތިޒާރުކުރެވޭ ވަރުގެ ކަމެއް ވެސް ނެތުމެވެ. ފޯނުތަކުގެ އަގު ބޮޑުވުމަކީ ވެސް ބައެއް މަރުކާތަކަށް ތަރުހީބުކުޑަވާ ކަމެކެވެ.

ސްމާޓްފޯން މާކެޓްގެ ރަސްގެފާނަކީ ސެމްސަންގެވެ. ސެމްސަންގް ގެލަކްސީ މަރުކާގެ ބާރުގަދަ ފޯނުތަކުގައި ވެސް، އެހެން ފޯނެއްގައި ނެތް ކަމެއް ނުހުރެ އެވެ. ޗައިނާގެ އަގު ހެޔޮ ފޯނުތައް ވެސް، ގެލަކްސީ ފޯނުތަކާ ވާދަކުރެވެ އެވެ. ފީޗާތަކަށް ބަލާއިރު ވާދަކޮށް ގިނަ ފަހަރު ކުރި ވެސް ހޯދަ އެވެ. އެހެންކަމުން، ބާރުގަދަ ފޯނެއް، އަގަށް ބަލައި، ދެނެގަތުން ބޭނުންކުރާ މީހުންނަށް ކޮންމެހެން މުހިންމެއް ނޫނެވެ.

އެންޑްރޮއިޑް ފޯނުތަކުގެ ވިޔަފާރި އޮތީ ވަރަށް ހާވިޔާވެފަ އެވެ. ބޭނުންތައް ފަހަނައަޅާ ދާވަރުގެ ޓެކްނޮލޮޖީއެއް ނެތެވެ. އާ ބޭނުންތަކަށް ޓެކްނޮލޮޖީ އުފެެއްދުމަށްޓަކައި އިންވެސްޓްކުރަން ޝައުގުވެރިވާ ބަޔަކު ވެސް ނެތެވެ. ފޯނުގެ އެތަން މިތަނުގައި ކެމެރާ ހަރުކުރުމާއި، ސްކްރީން ވަށައި ދާރަ ނެތް ބައްޓަންތަކަށް ފޯނު ޑިޒައިންކުރުން ނޫން ކަމެއް ނެތެވެ. މިއީ ފޯނުތަކުގެ ސިފަ އަށް ގެނެވޭ ބަދަލެކެވެ. ދެމެހެއްޓެނިވި ގޮތަކަށް ބޭނުންހިފުމަށް އާ ޓެކްނޮލޮޖީއެއް ނޫނެވެ.

ސްމާޓްފޯނުތަކުގެ ވިޔަފާރި ރަނގަޅުކުރުމަށްޓަކައި އާ ޓެކްނޮލޮޖީ ތައާރުފުކުރަން މާހިރުން ލަފާ ދެ އެވެ. އަދި އަމަލީ މައިދާނުގައި ނެތް ބޭނުންތައް އުފެއްދުމަށް އަތްފުނާއަޅަން ވެސް ޖެހެ އެވެ. މިއީ މަގުޗާޓެއް އޮވެގެން ކުރެވެން ހުރި މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުން ނެރެންޖެހޭ ހައްލަކީ، ސްމާޓްފޯނަށް ބޭނުންވާ ބައިތައް އުފެއްދުމަށްޓަކައި އަގު ހެޔޮ ވަސީލަތްތައް ބިމުން ނެރުމެވެ. މައިގަނޑު ބޭނުމަކީ ފޯނުތައް ބޭނުންކުރާ މީހުން އަވަސް އަވަހަށް ފޯނު ބަދަލުކުރާނެ ގޮތް ހެދުމެވެ.