Roadha Mihaaru

ފެމިލީ ކޯޓުގެ ތިން ގާޒީއަކު އެހެން ކޯޓުތަކަށް ބަދަލުކޮށްފި

ފެމިލީ ކޯޓުގެ ތިން ގާޒީއަކު، އެހެން ކޯޓުތަކަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.

ފެމިލީކޯޓުގެ 3 ގާޒީއަކު އެހެން ކޯޓުތަކަށް ބަދަލުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 މާޗް 2019

ފެމިލީ ކޯޓުގެ ތިން ގާޒީއަކު، އެހެން ކޯޓުތަކަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓަށް މުހައްމަދު ސަމީރާއި އަހުމަދު ޝަކީލް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހަސަން ޝަފީއު ބަދަލުކުރަނީ ސިވިލް ކޯޓަށެވެ.

ޖޭއެސްސީން އެ ބަދަލު ގެނައީ، ކޮމިޝަންގެ އިއްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި އެގޮތަށް ބަދަލުކުރުމަށް ގާޒީން ރުހުން އޮތްކަމަށް އަންގާފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ވެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ މަހަކު 46،000ރ. އެވެ.