Roadha Mihaaru
އަލަށް އައްޔަންކުރި 7 ފަނޑިޔާރުން ހުވާކޮށްފި

ކޯޓުތަކަށް އަލަށް އައްޔަން ކުރި ހަތް ފަނޑިޔާރުން ހުވާކުރައްވައިފި

21 ޖެނުއަރީ 2020

ކްރިމިނަލް ކޯޓާއި ސިވި ލްކޯޓް އަދި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުން މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކްރިމިނަލް ކޯޓާއި ސިވި ލްކޯޓް އަދި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުން މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލްް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަނޑިޔާރުންނަށް ހުވާލައި ދެއްވީ ސުޕްރީމްކޯޓުގެ ފަަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެމްބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވެސް ބައިވެރިވެޑައިގަތެވެ.

ކޯޓުތަކަށް އަލަށް އައްޔަން ކުރި ބައެއް ފަނޑިޔާރުން މިއަދު ހުވާކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޯޓުތަކަށް އަލަށް އައްޔަން ކުރި ބައެއް ފަނޑިޔާރުން މިއަދު ހުވާކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަލަށް ހުވާކުރެއްވި 7 ފަނޑިޔާރުން:

- ކްރިމިނަލް ކޯޓް: އާދަމް މުހައްމަދު

- ސިވިލް ކޯޓް: އަހުމަދު އަބްދުލް މަތީން، ފައްޔާޒް ޝާތިރު، އާއިޝަތު ފަޒްނާ އަބްދުލް ޣަފޫރު، ރިޒްމީނާ

- ގުރައިދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް: ފަތުހުﷲ ޖަމީލް މޫސާ

- ހިރިލަންދޫ ކޯޓްގެ މެޖިސްޓްރޭޓް: އަބްދުﷲ ހުސައިން

އެ ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، ކޯޓްތަކަށް އައި ހެޔޮ ބަދަލުތަކާ އެކު ވެސް ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް އަދިވެސް ލިބެމުންދާ ކަމަށެވެ

އެންމެ ގިނައިން އަންނަ އެއް ޝަކުވާ އަކީ އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތައް އަދިވެސް ލަސްވުމެވެ. އެގޮތުން، ކޯޓުތަކާ ގުޅޭ ގޮތުން 200 އެއްހާ ޝަކުވާ މިދިޔަ އަހަރު ވެސް ޖޭއެސްސީ އަށް ލިބުނު ކަމަށް މަސްތޫރު ވިދާޅުވި އެވެ.

ހަތް ފަނޑިޔާރަކު ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ވާހަކަ ދައްކަވަނީ: މިދިޔަ އަހަރު 200 އެއްހާ ޝަކުވާ ޖޭއެސްސީ އަށް ލިބުނުއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް ވަރަށް ބޮޑަށް ލަސްވުން ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް އާދަޔާ ހިލާފަށް ލަސްވުން. ޖަލުގައި އޮންނަ މީހާ، އޭނާގެ މައްސަލައިގެ އަޑު އެހުމެއް ނުބާއްވާތާ އަހަރު ދެ އަަހަރު ވާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އައިސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.