Roadha Mihaaru
އާ 3 ޕްރޮގްރާމެއް ތައާރަފުކޮށް ވިލާގެ ކޯސްތަކަށް ހުޅުވާލައިފި

އާ ތިން ޕްރޮގްރާމެއް ތައާރަފުކޮށް ވިލާ ކޮލެޖުގެ ކޯސްތަކަށް ހުޅުވާލައިފި

06 މާޗް 2019

ވިލާ ކޮލެޖުގައި އާ ތިން ޕްރޮގްރާމެއް ލޯންޗުކޮށް އަންނަ މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖުގައި އާ ތިން ޕްރޮގްރާމެއް ލޯންޗުކޮށް އަންނަ މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

މި އަހަރުގެ ދެ ވަނަ އިންޓޭކުގައި މުޅިން އަލަށް ފަށަން ހަމަޖައްސާފައި ވަނީ ޑިޕްލޮމާ އިން ނާސިންނާއި ޑިޕްލޮމާ އިން ބޭންކިން އެންޑް ފައިނޭންސް އަދި ސެޓްފިކެޓް 4 އިން ފާމަސީ އެވެ. އެ ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދިއުމަށްޓަކައި ދަރިވަރުންނަށް އިތުރު ރަނުގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ކޮލެޖުން ބުންޏެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް 102 ކޯހެއް ހިންގަ އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، ޝަރީއާ، ލޯ، އިސްލާމް، އޭސީސީއޭ އަދި މެރިން ސްޓަޑީޒް ހިމެނެ އެވެ. އެ ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

ވިލާގައި މާސްޓާސް ފެންވަރުގެ 13 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ ހަ ކޯހަކާއި، ޑިގްރީ ފެންވަރުގެ 21 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 20 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 13 ކޯހެއްގެ އިތުރުން ސެޓްފިކެޓް ތިނެއް ފެންވަރުގެ 13 ކޯހަކާއި ސެޓްފިކެޓް ލެވެލް ދޭއްގެ ދެ ކޯހަކާއި ސެޓްފިކެޓް ލެވެލް އެކެއްގެ ކޯހަކާއި މެރިން ސްޓަޑީޒްސްގެ އަށް ކޯސް ހިމެނެ އެވެ.

އެ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓާސް އަދި ޑިގްރީ ކޯސްތައް ހިމެނެ އެވެ.

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ މައި ކެމްޕަހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޮލެޖުގެ ކެމްޕަސްތައް ހުރެ އެވެ. އެއީ ސ. ހިތަދޫ، ޅ. ނައިފަރު، ހދ. ކުޅުދުއްފުށީ ށ.ފުނަދޫ، ލ.ގަން އަދި އަދި އަދ. މަހިބަދޫ އެވެ. ކެމްޕަސް ނުހުންނަ ރަށްރަށުގައި ލާނިން ސެންޓަރުތައް ހަދައިގެން ވެސް ކޯސްތައް ކުރިއަށްގެންދެ އެވެ.

ލާނިން ސެންޓަރުތައް ހުންނަނީ ހއ. ހޯރަފުށި، ރ. އަލިފުށި، ރ. މާކުރަތު، ބ. އޭދަފުށި، އއ. އުކުޅަސް، އދ. މާމިނގިލި، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގއ. ވިލިނގިލި އަދި ގދ. ގައްދޫގަ އެވެ.