Roadha Mihaaru
މައިކްރޮސޮފްޓް ބޭންޑް ހުއްޓާލަނީ

މައިކްރޮސޮފްޓް ބޭންޑް ހުއްޓާލަނީ

07 މާޗް 2019

މައިކްރޮސޮފްޓް "ހެލްތު ޑޭޝްބޯޑް" އެޕްލިކޭޝަންތައް ބެލެހެއްޓުން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މާނަ އަކީ "މައިކްރޮސޮފްޓް ބޭންޑް" އަށް އެ ކުންފުނިން ދެމުން ދިޔަ ސަޕޯޓް ވެސް ނިމުމަކަށް އައީ އެވެ. މައިކްރޮސޮފްޓް ބޭންޑަކީ އެ ކުންފުނިން ޑިޒައިންކޮށް އުފެއްދި ސްމާޓް ބޭންޑަށް ކިޔާ ނަމެކެވެ. އެއީ ސްމާޓް ގަޑިއެއް އަދި "ފިޓްނަސް ޓްރެކާއެއް" ވެސް މެ އެވެ. މައިކްރޮސޮފްޓް ބޭންޑް ބަލަހައްޓައި ކޮންޓްރޯލްކުރުމަށް، ސްމާޓްފޯން އެޕްލިކޭޝަންތަކެއް ވެސް އުފެއްދި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓަކީ ސްމާޓް ޑިވައިސްތަކަށް އެހާ ފަރިތަ ކުންފުންޏެއް ކަމަކަށް ނުބެލެވެ އެވެ. ސްމާޓްފޯން މާކެޓުން ތަންގަނޑެއް ލިބޭތޯ ކުރި މަސައްކަތްތައް ވެސް މިހާރު ވަނީ ބޮނޑު ނަގުލަށް ގޮސްފަ އެވެ. އަނެއްކޮޅުން، ފިޓްނެސް ޓްރެކާ ހުއްޓާލުމުން، މައިކްރޮސޮފްޓް ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެ ކަމަށް ބެލެވެ އެވެ.

މައިކްރޮސޮފްޓް "އެކްޓިވިޓީ ޓްރެކާ/ ފިޓްނެސް ޓްރެކާ" ވާދަވެރިންނަށް ވުރެ ކުރިއެރުވުމަށްޓަކައި ޑިޒައިނަށް އެކި ފަހަރު އެކި ބަދަލު ގެންނަން އުޅުނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ޑިޒައިންތައް، އާންމު ބާޒާރަށް ނެރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މައިކްރޮސޮފްޓް ބޭންޑް ހުއްޓާލުމަށް ފަހު ދެން ކުރަން އުޅޭ ކަމެއް ނޭނގެ އެވެ. ގިނަ ބަޔަކަށް ހީވެފައި ވަނީ މި އަށް ވުރެ މޮޅު އާލާތެއް ދައްކާލަން އެ ކުންފުނިން ތައްޔާރުވަނީ ކަމަށެވެ. ނަމަވެސް މައިކްރޮސޮފްޓަކީ އެއްވެސް އިރެއްގައި ޖާދޫހަދާ ކުންފުންޏެއް ނޫނެވެ.

މައިކްރޮސޮފްޓުން ބުނީ ސްމާޓް ބޭންޑް ހުއްޓާލުމުން ބަޔަކަށް ބަދަލުދޭން ޖެހުނު ނަމަވެސް ހެޔޮ ކަމަށެވެ. އެކަމަކު ބަދަލު ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ނަމަ ކަމަށް ބުންޏެވެ. އެ ގޮތުން، ބަދަލު ދިނުމަށް ކަނޑައަޅާފައިވާ ގަވާއިދު މައިކްރޮސޮފްޓް ވެބްސައިޓްގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.