Roadha Mihaaru
"ހަމަލާދިން މީހާއަށް ގާނޫނުގައި ހުރިވަރު ދައްކާލާނަން"

ހަމަލާ ދިން މީހާ އަށް ގާނޫނުގައި ހުރިވަރު ދައްކާލާނަން: ބޮޑު ވަޒީރު

19 މާޗް 2019

ކްރައިސްޗާޗް (މާޗް 19) - ނިއު ޒީލެންޑުގެ ދެ މިސްކިތެއްގައި ބަޑިން ހަމަލާދީ 50 މީހުން މަރާލި މީހާ އަށް ގާނޫނުގައި ހުރި ބާރު ފެނިގެންދާނެ ކަމަށް ބޮޑު ވަޒީރު ޖަސިންޑާ އާޑާން މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކްރައިސްޗާޗް (މާޗް 19) - ނިއު ޒީލެންޑުގެ ދެ މިސްކިތެއްގައި ބަޑިން ހަމަލާދީ 50 މީހުން މަރާލި މީހާ އަށް ގާނޫނުގައި ހުރި ބާރު ފެނިގެންދާނެ ކަމަށް ބޮޑު ވަޒީރު ޖަސިންޑާ އާޑާން މިއަދު ވިދާޅުވެއްޖެ އެވެ.

ޕާލަމެންޓުގެ ބައްދަލުވުމުގައި އަރަބި ބަހުން އައްސަލާމް އަލައިކުމް ވިދާޅުވެ ވާހަކަ ފައްޓަވަމުން އާޑާން ވިދާޅުވީ ހަމަލާދިން މީހާގެ ނަން އެކަމަނާ ދުވަހަކު ވެސް ވިދާޅު ނުވާނެ ކަމަށެވެ.

"އެއީ ޓެރަރިސްޓެއް. އެއީ މުޖްރިމެއް. އެއީ ހައްދުފަހަނަޅާފައިވާ މީހެއް،" ދެ މިސްކިތުގައި ހަމަލާ ދިން އޮސްޓްރޭލިއާގެ 28 އަހަރުގެ ބްރެންޓަން ޓަރަންޓަށް އިޝާރާތް ކުރައްވައި އާޑާން ވިދާޅުވި އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ރ) މުސްލިމް ކޮމިއުނިޓީއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ރ) މުސްލިމް ކޮމިއުނިޓީއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ވަނީ މީހުން މެރިކަމުގެ ދައުވާ އުފުލައިފަ އެވެ. އާޑާން ވަނީ އޭނާގެ މައްޗަށް އިތުރު ދައުވާތައް އުފުލާނެކަމުގެ ޔަގީންކަން ޕާލަމެންޓަށް ދެއްވައިފަ އެވެ.

"ނިއު ޒީލެންޑުގެ ގާނޫނުތަކުގައި ބާރު ހުރިވަރު އޭނާ އަށް ދައްކާލާނަން،" އާޑާން ވިދާޅުވި އެވެ.

ނިއު ޒީލެންޑުގައި ހަތިޔާރާ ބެހޭ ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. ޓަރަންޓް ހަމަލާދީފައި ވަނީ ސައްހަ ގޮތުގައި އޭނާ ގަނެފައިވާ ހަތިޔާރުންނެވެ.