މިދިޔަ ޖޫން މަހު މާލޭގައި ހިންގި މާރާމާރީއެއްގައި މަރާލި އަހުމަދު އިރުޝާންގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން ކުޑަކުދިންގެ ޝަރީއަތް ޖުވެނައިލް ކޯޓުން އިއްޔެ ފަށައިފި އެވެ.
29 އޯގަސްޓް 2016
މިދިޔަ ޖޫން މަހު މާލޭގައި ހިންގި މާރާމާރީއެއްގައި މަރާލި އަހުމަދު އިރުޝާންގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން ކުޑަކުދިންގެ ޝަރީއަތް ޖުވެނައިލް ކޯޓުން އިއްޔެ ފަށައިފި އެވެ.
ރާނބާ ރެސްޓޯރެންޓް ކައިރީގައި ހިންގި މާރާމާރީއެއްގައި، ކ. ކާށިދުއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އިރުޝާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ކުދިންގެ އުމުރު އުޅެނީ 14، 15 އަދި 17 އަހަރުގަ އެވެ. އެކަމަކު އެ ކުދިންގެ މައުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ޝަރީއަތް ފެށުމާ އެކު އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ވަކީލަކު އައްޔަން ކުރަން ފުރުސަތަކަށް އެދިފަ އެވެ. ބާކީ ހުރި ކުއްޖާގެ ވަކީލު އިތުރު ފުރުސަތަކަށް އެދުމުން އެ ފުރުސަތު ވަނީ ދީފަ އެވެ.
ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
އެ ކުދިންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އިރުޝާން މަރާލިތާ ދެތިން ގަޑިއިރު ފަހުން 14 އަހަރުގެ ފާތިރު މުހައްމަދަށް ވެސް ހަމަލާދީ ވަނީ މަރާލައިފަ އެވެ. ފުލުހުން ބުނެފައިވަނީ ފާތިރު މަރާލީ އިރުޝާންގެ މަރުގެ ބަދަލު ހިފަން ކަމަށެވެ.
އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އަނަސްގެ މަރުގެ ދައުވާލިބުނު ކުޑަކުއްޖާ ސަލާމަތްވެއްޖެ
ނަދީމްގެ މަރާ ގުޅިގެން ކުއްޖަކަށް ކުރި ދައުވާ ބާތިލް
އަނަސްގެ މަރުގެ ދައުވާލިބޭ ކުއްޖާ ދައުވާއަށް އިންކާރު
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކޮށްފި
އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖަކަށް ދައުވާކޮށްފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް