Roadha Mihaaru
ވެށިފަހިން ފްލެޓަށް އެދުނު އެންމެންނަށް ފްލެޓު ލިބޭނެ

ވެށިފަހި މާލެ ޕްރޮގްރާމްގައި ފްލެޓަށް އެދުނު އެންމެންނަށް ފްލެޓް ލިބޭނެ: ނަޝީދު

20 މާޗް 2019

އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި 'ވެށިފަހި މާލެ ޕްރޮގްރާމް' ގެ ދަށުން ފްލެޓަށް އެދި ކުރިމަތިލި އެންމެންނަށް ފްލެޓް ލިބޭނެ ކަމަށް ކުރީގެ ރަައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި 'ވެށިފަހި މާލެ ޕްރޮގްރާމް' ގެ ދަށުން ފްލެޓަށް އެދި ކުރިމަތިލި އެންމެންނަށް ފްލެޓް ލިބޭނެ ކަމަށް ކުރީގެ ރަައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އާންމު އިންތިޚާބާ ދިމާކޮށް ނަޝީދު މާލޭގެ ރައްޔިތުންނަށް އެ ޔަގީންކަން ދެއްވިއިރު، އެއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އެމްޑީޕީ އަށާއި ނަޝީދަށް ފާޑުކިޔަމުންނެވެ. އެކަމަކު، އެ ފާޑުކިޔުންތަކަށް ބެއްލެވުމެއް ނެތި އެމަނިކުފާނު މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅި އެންމެންނަށް ވެސް ފްލެޓް ލިބޭނެ ކަމަށެވެ. އެކަމަކު އެކަން ކުރެވެން އޮތީ މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

'ވެށިފަހި މާލެ' ޕްރޮގްރާމްގެ ދަށުން ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ނަޝީދާއި އެމްޑީޕީން ދޭއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮތީ މި މައްސަލައިގައި ހިމޭނުންނެވެ. ހައުސިން މިނިސްޓްރީން ވެސް މިކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ބުނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓު ނުލިބި ތިބި އެންމެންނަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ބުނަމުންދާ މައްސަލަ އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ ބަލާ ނަމަ އެކަން ނިންމާނީ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމަކަށް ފަހު އެވެ.

ނަޝީދުގެ ވެރިކަމުގައި ވެށިފަހި މާލެ ޕްރޮގްރާމް އިއުލާންކުރީ 2011 ވަނަ އަހަރު އެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި، ޖޫން، 30، 2011 ގެ ނިޔަލަށް ރަޖިސްޓަރީ ވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފަ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިނާ ގުޅުވައިގެން، ވެށިފަހި މާލެ ޕްރޮގްރާމްގެ މައުލޫމާތު ދިނުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ފޯރަމްގައި ނަޝީދު ވިދާޅުވީ، ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ހޯދަން 8،000 އަށް ވުރެ ގިނަ މީހުން އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ހުށަހަޅާފައި އޮތް ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މާލޭގައި ކުރިއަށް ގެންދިއުން ކަން ފާހަގަ ކުރައްވައި، ނަޝީދު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅި އެންމެންނަށް ވެސް ފްލެޓް ލިބޭނެ ކަމަށެވެ.

އަންނަ މަހު ބާއްވާ އާންމު އިންތިޚާބާ ދިމާކޮށް ނަޝީދު މާލޭގެ ރައްޔިތުންނަށް އެ ޔަގީންކަން ދެއްވިއިރު، އެއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އެމްޑީޕީ އަށާއި ނަޝީދަށް ފާޑުކިޔަމުންނެވެ. އެކަމަކު، އެ ފާޑުކިޔުންތަކަށް ބެއްލެވުމެއް ނެތި އެމަނިކުފާނު މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅި އެންމެންނަށް ވެސް ފްލެޓް ލިބޭނެ ކަމަށެވެ. އެކަމަކު އެކަން ކުރެވެން އޮތީ މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބަޔަކަށް އެބަ އޮތޭ ދައުލަތުން ވައުދެއް ވެފައި. އެއްބަސްވުމެއް ވެފައި. އެ މީހުންނަށް މިވެނި ކަމެއް ކޮށްދޭނެ ކަމަށް ދައުލަތުން އެބަ އޮތޭ އެއްބަސްވެފައި. އެ އެއްބަސްވުން ކުރިއަށް ގެންދަން ޖެހޭނެއޭ." މި ފަހަރުގެ އާންމު އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ އަދި އެ އިންތިޚާބުގައި މާލެއިން ނުކުންނަވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯއްދެވުމަށްޓަކައި ވެށިފަހި މާލެ ޕްރޮގްރާމް 'ވިއްކަވާ' ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައްގުވެރިންނަށް ފްލެޓް ލިބެން އޮތީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އަދި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ހުރިހާ ފްލެޓްތަކެއް ވެސް ދޭނީ އެކަމަށް ޚާއްސަކޮށް ހެދޭ ވަކި ގާނޫނެއްގައި އޮންނަ އުސޫލުތަކެއްގެ ދަށުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އިންތިޚާބާ ދިމާކޮށް އެ ވާހަކަ އެމްޑީޕީން ދެއްކުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ޑިމޮކްރަޓިކް ގައުމުތަކުގައި އެކަން ހިނގާ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ތި ބޭފުޅުންގެ މިލްކެއް. ތި ބޭފުޅުންގެ ތަނެއް. މިއީ ތި ބޭފުޅުންގެ ރާއްޖެއެއް. ތި ބޭފުޅުން އަޅުގަނޑުމެންނަށް މިކަން ކުރަން ދިނިއްޔާ އަޅުގަނޑުމެންނަށް މި ކުރެވޭނީ. އެހެންވެ ވޯޓާ ދިމާކޮށް އަޅުގަނޑުމެން މި ވާހަކަ ދައްކަމުން މި ދަނީ"، ނަޝީދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ އެތައް ހާސް މީހުންގެ ތެރެއިން ފްލެޓް ނުލިބި އެންމެ ދަތި ހާލުގައި ދިރިއުޅެމުންދާ 4،000 މީހުންގެ ލިސްޓެއް އެމްޑީޕީގެ ކެމްޕޭން އޮފީސްތަކުގައި ގެންގުޅެ އެވެ. އަދި އެ ލިސްޓުގައި ތިބި މީހުންނަށް އެ ޕާޓީގެ އޮފީހުން ގުޅައި ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. މިއީ އިންތިޚާބަށް ސީދާ އެމްޑީޕީން ނުފޫޒު ފޯރުވުން ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ނަޝީދު ވިދާޅުވީ، ވެށިފަހި މާލެ އަކީ ގުޅީފަޅުން ފެށިގެން ހުޅުމާލެއާ ހަމައަށް އެއްކޮށް ގުޅުވާލައި، އެ ހުރިހާ ތަންތަނުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ކަމަށާއި އޭރުން މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަން ހައްލު ވެގެންދާނެ ކަމަށެވެ. އަދި ކުރިން އެ ޕްރޮގްރާމް ކުރިއަށް ނުގެންދެވުނީ އޭރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުލިބުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ޕްރޮގްރާމް ހިންގަން ފެށުމަކީ އެޖެންޑާ 19 ގެ އެންމެ މުހިންމު އެއް އަމާޒު." ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ނުލިބުނަސް، އެފަދަ އެހެން މަޝްރޫއުތަކުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުގެއްލޭނެ އެވެ. އެގޮތުން ގެދޮވެރިިކަމުގެ މަޝްރޫއާއި ހިޔާ މަޝްރޫއުގެ ދަށުން އެ ފަރާތްތަކަށް ފުރުސަތު އޮތް ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

އިންތިޚާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ ކަމަށެވެ.