19 މާޗް 2019
އެމްޑީޕީގެ ސަރުކާރުން 2011 ގައި ކުރިއަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމަށް ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހުންނަށް، ހުޅުމާލެ އިން ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީންކަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދޭން ފަށައިފި އެވެ.
އެމްޑީޕީގެ ސަރުކާރުން 2011 ގައި ކުރިއަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމަށް ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހުންނަށް، ހުޅުމާލެ އިން ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީންކަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދޭން ފަށައިފި އެވެ.
މާލޭ ދާއިރާތަކުގެ ކެމްޕޭންގައި، ބައެއް ކެންޑިޑޭޓުން ގެންދަވަނީ ވެށިފަހި މަޝްރޫއުން ފްލެޓް ނުލިބި ތިބި މީހުންނާ ބައްދަލު ކުރައްވަމުންނެވެ. އެ ބައްދަލުވުމުގައި، މި ސަރުކާރުގެ ވިސްނުމަކީ ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ ގިނަ ބަޔަކަށް ފްލެޓް ދިނުން ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވަމުން ގެންދަވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
"ވެށިފަހިން ފްލެޓް ލިބޭ ލިސްޓުގައި ހިމެނި މިހާތަނަށް ނުލިބި ތިބި އެންމެންނަށް ހުޅުމާލެ އިން ފްލެޓެއް ނުވަތަ ގޯއްޗެއްގެ ޔަގީންކަން އެބަދޭ، އެ އުއްމީދުގައި މި ތިބީ،" އެކަކު ބުންޏެވެ.
މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫއުން ފްލެޓް ނުލިބި ތިބި މީހުންނަށް ޚާއްސަ ބައްދަލުވުމެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އެ ބައްދަލުވުމަށް އެމްޑީޕީން ދައުވަތު ދެމުން އަންނަނީ މާދަމާ ރޭ 9:00 އަށް ދަރުބާރުގެ އަށެވެ.
އެނގިފައިވާ ގޮތުގައި، ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ އެތައް ހާސް މީހުންގެ ތެރެއިން ފްލެޓް ނުލިބި އެންމެ ދަތި ހާލުގައި ދިރިއުޅެމުންދާ 4،000 މީހުންގެ ލިސްޓެއް އެމްޑީޕީގެ ކެމްޕޭން އޮފީސްތަކުގައި ގެންގުޅެ އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީން އެ ލިސްޓު ގެންގުޅެމުންދާ އިރު، އެފަދަ ލިސްޓަކަށް ނުވަތަ ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ނުލިބި ތިބި މީހުންނަށް ހުޅުމާލެ އިން ފްލެޓް ހަމަޖައްސައިދޭނެ ކަމެއް ރަސްމީ ސިފައެއްގައި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.
މަޖިލީސް އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީގެ ތަރުޖަމާން އަދި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ކެމްޕޭންގައި ތަކުރާރު ކުރައްވަމުން ގެންދަވާ އެޖެންޑާ 19 އަކީ މި ސަރުކާރުގެ ވައުދުތައް ކަމަށެވެ. ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށްވާއިރު، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއްކަން ފާހަގަކުރެއްވި އެވެ.
"ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވަނީ. އެމްޑީޕީގެ ކެންޑިޑޭޓުން ނުކުމެ އެ ތިއްބެވީ ވައުދުތައް ފުރިހަމަ ކުރައްވަން. އެހެންވެ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ ވާހަކަތައް ކެމްޕޭންގައި ދައްކަވަނީ،" އަފްޝަން ވިދާޅުވި އެވެ.
ވެށިފަހި މަޝްރޫއު ހުޅުވާލީ ތިން ކެޓަގަރީ އަށެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި، ޖޫން، 30، 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފަ އެވެ.
އެމްޑީޕީގެ ވެރިކަން 2012 ގައި ނިމުމުން، އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ ސަރުކާރުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން އެމްޑީޕީން ހިތްހަމަނުޖެހުންފާޅުކުރި އެވެ.
ފްލެޓް އަޅަން 369 މިލިއަން ޑޮލަރުގެ ގެރެންޓީއެއް
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
ފްލެޓް ހައްގުވާ ލިސްޓު އިއުލާންކުރަން ތައްޔާރުވެއްޖެ
7،000 ފްލެޓް ނިންމާ ލޯނުގެ ޔަގީންކަން ލިބިއްޖެ
ހުޅުމާލެ ފްލެޓުތައް މަރާމާތުކުރަން އިންސްޕެކްޓްކުރަނީ
ރަށްރަށުގެ މެމްބަރުން ހުޅުމާލެއިން ގޯތި ހޯދަން ނޫޅޭތި
ވެށިފަހިން ފްލެޓަށް އެދުނު އެންމެންނަށް ފްލެޓު ލިބޭނެ
ފްލެޓް ފޯނު ކޯލުގެ މައްސަލަ އޭސީސީގެ ސަމާލުކަމަށް
ފްލެޓު ލިބުނީ ހައްގު ބަޔަކަށް، ނުފޫޒަކުންނޫން: ޔަޒީދު
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު