Roadha Mihaaru
ހަމަލާގެ ވީޑިއޯ ލައިވްކުރި ފޭސްބުކާ ދެކޮޅަށް ދައުވާ

ހަމަލާގެ ވީޑިއޯ ދެއްކި ފޭސްބުކް، ޔޫޓިއުބާ ދެކޮޅަށް ދައުވާ ކުރަނީ

26 މާޗް 2019

ޕެރިސް (މާޗް 26) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާ ވަގުތުން ދައްކާފައިވާތީ ފޭސްބުކާއި ޔޫ ޓިއުބާ ދެކޮޅަށް ދައުވާ ކުރުމަށް ފްރާންސްގެ މުސްލިމް ޖަމާއަތަކުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (މާޗް 26) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާ ވަގުތުން ދައްކާފައިވާތީ ފޭސްބުކާއި ޔޫ ޓިއުބާ ދެކޮޅަށް ދައުވާ ކުރުމަށް ފްރާންސްގެ މުސްލިމް ޖަމާއަތަކުން ނިންމައިފި އެވެ.

ފްރެންޗް ކައުންސިލް އޮފް މުސްލިމް ފެއިތު (ސީއެފްސިއެމް) އިން ދައުވާ ކުރަނީ އަނިޔާވެރި މަންޒުތައް އެ ދެ ޕްލެޓްފޯމުން ދައްކާފައިވާތީ އެވެ.

މި 15 ވަނަ ދުވަހު ކްރައިސްޗާޗުގައި ދިން ހަމަލާ ފޭސްބުކުން ވަނީ ލައިވްކޮށްފަ އެވެ. އެ ވީޑިއޯތައް ވަނީ ޔޫޓިއުބަށް ވެސް ފަހުން އެކި މީހުން އަޕްލޯޑްކޮށްފަ އެވެ.

ފޭސްބުކް ފްރާންސް އިން ބުނެފައި ވަނީ ސީއެފްސިއެމް އިން ހުށަހެޅި މައްސަލަ ދިރާސާ ކުރާނެ ކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކާއި ދެކޮޅުވެރިކަން އުފެދޭ ގޮތަށް ދައްކާ ވާހަކަތަކަށް ފޭސްބުކުން ޖާގަ ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ފޭސްބުކް ޕްލެޓްފޯމުން މި ވީޑިއޯ އެކުގައި ފުހެލުމަށް ވަރަށް ގިނަ ފިޔަވަޅުތައް ވާނީ އަޅާފައި. ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން މި ދަނީ،" ފޭސްބުކް ފްރާންސް އިން އޭއެފްޕީ އަށް ފޮނުވި އީމެއިލް މެސެޖެއްގައި ބުނެފައިވެ އެވެ.

ހަމަލާގެ 17 މިނިޓުގެ ވީޑިއޯ އެތައް ބަޔަކު ޝެއާ ކުރި އެވެ. ފޭސްބުކުން ބުނެފައި ވަނީ އެ މަންޒަރުތައް ލައިވްކުރިތާ މާގިނައިރެއް ނުވެ އެ ވީޑިއޯ ނަގާފައިވާ ކަމަށެވެ. އަދި ހަމަލާ ދިންތާ 24 ގަޑިއިރު ތެރޭ 1.5 މިލިއަން ވީޑިއޯ ފޭސްބުކުން ރިމޫވްކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.