ހުޅުމާލޭގައި އެކި ސަރަހައްދުތަކުގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޭންޑުތަކެއް ހަދަން ފަށައިފި އެވެ.
23 މާޗް 2019
ހުޅުމާލޭގައި އެކި ސަރަހައްދުތަކުގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޭންޑުތަކެއް ހަދަން ފަށައިފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަލަށް ހަދަމުން އަންނަ ބަސް ސްޓޭންޑުތަކަކީ ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ތަންތަން ކަމަށެވެ. އެގޮތުން ފަސޭހަ އިން އިށީނދެވޭ ގޮތަށް ހަމަޖެހިފައިވާ އިރު، ވާރެ އާއި އަވިން ހިޔާވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ހުރި ބަސް ސްޓޭންޑުތަކުގައި ތިބޭ މީހުންނަށް ހިޔާވެވޭނެ ގޮތެއް ނުހުރެ އެވެ. އަދި އެތަންތަނުގައި އިށީނދެގެން ތިބެވެނީ ވެސް މަދު ބަޔަކަށެވެ.
"ވީހާވެސް އަވަހަށް ބަސް ސްޓޭންޑުތައް ނިންމާލަން މަސައްކަތް މި ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީން އެންމެ ފުރަތަމަ ހަދަނީ އެންމެ ގިނައިން ބަހަށް އަރަން މީހުން ދާ ހިސާބުތަކުގަ އެވެ. އޭގެ އިތުރުން، ޗައިނާގެ ފްލެޓުތައް ކައިރީގަ އާއި ސިފައިންނާއި ފުލުހުންނަށް ހަދާ ފްލެޓްތައް ކައިރީގައި ވެސް ބަސް ސްޓޭންޑް ހެދުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
ހުޅުމާލޭން ދަރުމަވަންތަ ހޮސްޕިޓަލަށް ބަސް ދަތުރުފަށައިފި
ހުޅުމާލޭގައި ބައިސިކަލާއި ބަހަށް ހާއްސަ ލޭނެއް!
ހިޔާ ފްލެޓް ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ފަށަނީ
ނިދާފައި އިނދެ ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި
އެމްޓީސީސީގެ ބަސް ދުއްވާ ނިޒާމު ވަރުގަދަކުރަނީ
ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި
ވިނަރެސްއިން ކާރު ޕާކިން ޖާގަ ބީލަން އުސޫލުން ވިއްކަނީ
ހުޅުމާލެއިން ސްޓޯލް ވިއްކާ ކަމަށް ބުނެ ސްކޭމް ހިންގަނީ
އެޗްޑީސީ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި