ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ސްރީ ލަންކާގެ ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގައި ބުނާ ކަންކަން ސާފުނުވާ ކަމަށް ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ކޯޓުގައި މިއަދު ޝަކުވާކޮށްފި އެވެ.
29 އޯގަސްޓް 2016
ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ސްރީ ލަންކާގެ ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގައި ބުނާ ކަންކަން ސާފުނުވާ ކަމަށް ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ކޯޓުގައި މިއަދު ޝަކުވާކޮށްފި އެވެ.
ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ރާވައި، އެކަމުގެ ގާބިލްކަން ލިބިފައިވާ ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ އަދީބުގެ އިިތުރުން ދައުލަތުން ދައުވާކުރަނީ މަޑިޝަންކަރާއި ގ. އޮއިވާލި އިސްހާގު ހުސައިނާއި މ. ލިލީޕާކް ފަޒީލް ހަމީދުގެ މައްޗަށެވެ.
މިއަދުގެ ޝަރީއަތުގައި ދައުވާ ލިބޭ ހަތަރު މީހުންގެ ވަކީލުން ވެސް ވަނީ ދައުވާގައި ބުނާ ކަންކަން ސާފުނުވާ ކަމަށް ބުނެ އެކަމުގެ ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން ރައީސް އަވަހާރަކޮށްލަން ރާވަން ކުރީ ކޮން އަމަލެއް ކަމާއި އެކަމަށް ހޭދަކުރީ ކިހާ ފައިސާއެއް ކަމާއި ރޭވީ ކޮން ވަގުތަކު ކަން ފަދަ މައުލޫމާތު ފަދަ ގިނަ ކަންކަން ދައުވާ އިން ސާފުނުވާ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.
އެއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާ ލިބޭ މީހުން ކުރި އަމަލުތައް، ހެކިވެރިންގެ ހެކިބަސް ނަގާއިރު ސާފުވާނެ ކަމަށެވެ. ހެކިވެރިންގެ މައުލޫމާތު ހާމަވެދާނެތީ އެ މައުލޫމާތުތައް ހާމަކުރަން މިވަގުތު ދެކޮޅުހަދާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ސްނައިޕަރު ކަމަށް ތުހުމަތުކުރެވޭ މަޑިޝަންކަރު: އެކަން ރޭވިކަމުގެ ތުހުމަތު ކުރެވެނީ އަދީބަށް --ފޮޓޯ/މިހާރު
މިއަދުގެ އަޑުއެހުމުގައި ވަނީ ދެ ފަރާތުން ވެސް ހެކި ހުށަހަޅައިފަ އެވެ. ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅީ ފަސް މީހެކެވެ. މަޑިޝަންކަރު ރާއްޖެ އައިކަމުގެ ލިޔުމާއި އޭނާ ރާއްޖޭގައި ހުރި ތަންތަން އަންގައިދޭ ލިޔުންތަކެއް ވެސް ދައުލަތުން ހުށަހެޅި އެވެ.
ހެކި ހުށަހަޅަން ދައުވާ ލިބޭ މީހުންނަށް ފުރުސަތު ދިނުމުން، ދައުވާ ސާފުނުވާ ކަމަށް ބުނެ އަދީބުގެ ފަރާތުން އެއްވެސް ހެއްކެއް ހުށައެއް ނާޅަ އެވެ. އެކަމަކު އިސްހާގާއި ފަޒީލާއި މަޑިޝަންކަރުގެ ފަރާތުން ވަނީ ބައެއް މީހުން ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ދައުވާގައި ބުނާ ކަންކަން ސާފުވުމުން އިތުރު ހެކި ހުށަހަޅަން ޖެހިއްޖެ ނަމަ އެ ފުރުސަތު ދޭން އިސްހާގުގެ ވަކީލް ހުސްނުއްސުއޫދު އެދިވަޑައިގަތެވެ. އެކަމަކު ދައުލަތުން އެކަމަށް ދެކޮޅު ހަދަމުން ބުނީ ހެކި ހުށަހަޅަން ޖެހޭނީ ދެ ފަރާތުން ވެސް އެއް ދުވަހެއްގައި ކަމަށާއި އިތުރު ފުރުސަތު ހެކި ހުށަހަޅަން ދީފި ނަމަ ހެކި އުފައްދަން ދައުވާ ލިބޭ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.
ހެކި ހުށަހަޅަން ފަހުން ފުރުސަތު ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅެއްނުވެ އެވެ.
މިއަދު މަޑުޝަންކަރު ވަނީ އޭނާއަށް ސިންހަޅަ ބަހުގެ ތަރުޖަމާނެއް ނުލިބޭތީ އެކަމުގެ ޝަކުވާކޮށްފަ އެވެ. މިހާރު އޭނާއަށް ހަމަޖައްސާފައި ހުރީ އިނގިރޭސި ތަރުޖަމާނެއް ކަމަށް ވާތީ ތަރުޖަމާނު ދައްކާ ގިނަ ވާހަކަތައް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރީގެ އަޑުއެހުންތަކުގައި އެކަން މަޑިޝަންކަރުގެ ފަރާތުން ފާހަގަނުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޝަރީއަތް ލަސްކުރަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށާއި އެކަމަކު މަޑިޝަންކަރު ކުރި ޝަކުވާތަކަށް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
ދައުވާ ލިބޭ އިސްހާގުގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ގޭ ބަންދަށް ބަދަލުކުރަން ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރަން ދައުލަތުން ވެސް ދެކޮޅެއް ނެހެދި އެވެ.
އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިބަސް ނެގުމެވެ.
އަދީބުގެ މައްޗަށް އެ މައްސަލާގައި ދައުވާ ކުރާއިރު ތަފާތު ތިން މައްސަލައެއްގަައި އޭނާ މިހާރު ވެސް ދަނީ 33 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އިތުރު ގިނަ ދައުވާތަކެއް ވެސް އޭނާއާ ދެކޮޅަށް ދަނީ ހިނގަމުންނެވެ.
ޔާމީންގެ ދިފާއުގައި ދޮގުހެކި ދިން މައްސަލަ ދިރާސާކުރަނީ
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
ޔާމީންގެ ގެކޮޅަށް ގެއްލުންދިން މީހާ ދޫކޮށްލައިފި
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ޔާމީނަށް 1.4 ބިލިއަނުގެ މަނީލޯންޑަރިން ތުހުމަތު
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި
ގާޒީ އަލީ ރަޝީދުގެ ގެއަށް ކޯރާޑިއަކުން ގެއްލުން ދީފި
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ
އަދީބު ފިއްލެވި ޓަގުގެ ކައްޕި ފުރުން މަނާކޮށްފި