Roadha Mihaaru
ގާސިމް ފަދަ ވަފާތެރިން މަޖިލިހަށް ބޭނުން: ނައިބުރައީސް

ގާސިމް ފަދަ ވަފާތެރިން މަޖިލިހަށް އަންނަންޖެހޭ: ނައިބު ރައީސް

25 މާޗް 2019

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަކީ ވަފާތެރި، އަމާނާތްތެރި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅުން މަޖިލީހަށް ހޮވަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އދ. މާމިގިލީގައި ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން އދ. މާމިގިލިން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަކީ ވަފާތެރި، އަމާނާތްތެރި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅުން މަޖިލީހަށް ހޮވަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އދ. މާމިގިލީގައި ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި، މާމިގިލީ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ދިފާއު ކުރެއްވުމުގެ ކެމްޕެއިން ފެށުމަށް ގާސިމްގެ އުފަން ރަށުގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ގާސިމާއެކު ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ އުފެދުމުގައި ވެސް އޯގާތެރި ހިތްޕުޅެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންނަކީ ހެޔޮ ބަދަލަކާއި ހަރުދަނާ ޑިމޮކްރަސީ އާއި ހައްގުތައް ބޭނުންވާ ބައެކެވެ. އަދި ގާސިމް މި ފަސްގަނޑުގައި ފާހަގަވީ ހައްގުތަކާއި ކުރިއެރުންތަކާއި އުންމީދުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ގިނަ ގުރުބާނީތަކެއް ވެ ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

މާމިގިލީގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް (ކ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދުއާ ސަލާމް ކުރައްވަނީ. -- ފޮޓޯ ހުސެއިން ވަހީދު/މިހާރު

"ހެޔޮ ބަދަލު ގެނައުމަށް، ރައްޔިތުންގެ އުންމީދުތައް ހޯދައިދިނުމަށް ގުރުބާން ނުކުރާ އެއްވެސް ކަމެއް ނެތް،" ޖަލުގެ އަނިޔާ އެންމެ ބޮޑަށް ތަހަންމަލް ކުރެއްވީ ގާސިމްގެ ގޮތުގައި ފާހަގަކުރައްވައި ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ގާސިމްގެ މުދާތަކާއި އާއިލާ އަށް އެތައް ނިކަމެތިކަމެއް ދިމާވެ، އެތައް އުނދަގުލެއް ތަހަންމަލުކުރަން ޖެހުނު އިރު، ރައްޔިތުންނަށް ހައްގުތައް ހޯއްދަވައިދެއްވުމަށް އެއްވެސް ފަސް ޖެހުމެއް އެމަނިކުފާނުގެ ނެތް ކަމަށް ވިދާޅުވެ، ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އާންމު އިންތިހާބު ބޯމަތިވެފައިވާ އިރު، ހިތްހެޔޮ އަހުލާގު ރަނގަޅު، ނަޒާހަތްތެރި ބަޔަކު މަޖިލިހަށް ހޮވުމަކީ މުހިންމު ކަމެކެވެ. އަދި މަޖިލިހަކީ ކަރާމާތްތެރި، ޝަރަފްވެރި، ގާނޫނީ ރައްކާތެރިކަން ރައްޔިތުންނަށް ލިބޭ ތަނަކަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބު ކެމްޕޭނަށް މާމިގިލީގައި ބޭއްވި ޖަލްސާ. -- ފޮޓޯ ހުސެން ވަހީދު/މިހާރު

ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބު ކެމްޕޭނަށް މާމިގިލީގައި ބޭއްވި ޖަލްސާ. -- ފޮޓޯ ހުސެން ވަހީދު/މިހާރު

ނައިބު ރައީސް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. ވެއަތުވެ ދިޔަ އަހަރުތަކުގައި ރައްޔިތުން ތަހަންމަލްކުރި ކަންކަމަކީ ރާއްޖޭގެ ހަޔާތުގައި ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ކަންކަން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އަބަދު މި ސަފްހާ އިއާދަވާން ރައްޔިތުން ބޭނުމެއް ނުވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައްގުތަކަށް އަރައިގަތުމާއި އަނިޔާވެރިވުން ވަނީ ފޮހެވިގެން ގޮސްފަ އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެހެންވެ، ސަކަރާތް ޖެހުމަށް އެއްވެސް ވަގުތެއް ނެތް ކަމަށް ވިދާޅުވެ، ފައިސަލް ވަނީ ސިޔާސީ ލީޑަރުން ގުޅިގެން ރައްޔިތުންނަށް ކުރިއެރުން ހޯދަން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.