Roadha Mihaaru
ހައި ކޯޓަށް އެސިސްޓެންޓް ރެޖިސްޓްރާއެއް ހަމަޖައްސައިފި

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާއަކަށް ބޭފުޅަކު ހަމަޖައްސަވައިފި

30 މާޗް 2019

ހައި ކޯޓުގައި އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމު އުފައްދައި އެ މަގާމަށް ބޭފުޅަކު ހަަމަޖައްސަވައިފި އެވެ. އެ މަގާމަށް ހަމަޖެއްސެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ، ފާރިޝް އަހުމަދެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައި ކޯޓުގައި އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމު އުފައްދައި އެ މަގާމަށް ބޭފުޅަކު ހަަމަޖައްސަވައިފި އެވެ. އެ މަގާމަށް ހަމަޖެއްސެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ، ފާރިޝް އަހުމަދެވެ.

ސިޓީ ޔުނިވާސިޓީ އޮފް ލަންޑަން އިން މާސްޓާސް ހާސިލްކުރައްވާފައިވާ ފާރިޝް، 25، އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

އޭނާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ލަންޑަން ޔުނިވާސިޓީންނެވެ.

ހައި ކޯޓުގައި ރަޖިސްޓްރާއަކަށް ހުންނެވީ މަރިޔަމް ހުރުޝީދާ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.