މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ބުނެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ )އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
13 އެޕްރީލް 2024
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ބުނެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ )އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި އަސްލަމް ވަނީ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބާއްވަން ކުރި މަސައްކަތަށް މި ސަރުކާރުން ހުރަސް އެޅި ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައިފަ އެވެ.
އަސްލަމް ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިހުތިރާމާއި ގަދަރު ދޭން ޖެހޭ ކަމަށާއި ޔާމީނަށް އިންސާފު ނުލިބުން ބަލައިނުގަނެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްތުން ޖޭއެސްސީގައި އިންނަވާ އަސްލަމް ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް ނުބޭއްވި މިހާ ދިގުލައިގެން ދިއުމުން މި ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަމުންދާ ކަން ހާމަވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އޭނާ ޖޭއެސްސީ އަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ [ޔާމީންގެ] މައްސަލަ އަޅުގަނޑު ލާނަމޭ [ޖޭއެސްސީއަށް]، އެ މައްސަލަ ބަލުވާނަމޭ،" އަސްލަމް ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައި ކޯޓުގައި ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރެއްވީ ޔާމީންގެ ފަރާތުންނެވެ.
އަސްލަމްގެ ނިންމެވުމަށް ޝުޖާއުގެ ހޫނު ރައްދެއް!
ފަނޑިޔާރު ރައޫފު ޖޭއެސްސީ އަށް އައްޔަން ކުރައްވައިފި
އަނބިކަނބަލުންގެ ހުކުމާ އެކު ފައިސަލްއަށް ފައިސާތަކެއް
ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރާއިރު ބަލަނީ ހެއްކަށް
ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ
ފަނޑިޔާރު ނިޔާޒު 23 އަހަރަށް ފަހު ރިޓަޔާކުރައްވަނީ
ފައިސަލް އިސްތިއުފާދިނުމުން ހައި ކޯޓު ހިންގުން ޖަމީލަށް
ހައި ކޯޓަށް އިސްގާޒީ މާހިރު އައްޔަންކުރަން ނިންމައިފި
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި