Roadha Mihaaru
މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފުތާގައި ބާއްވަނީ

މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި

08 އެޕްރީލް 2019

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އަންނަ ހަފުތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެކަމަކު އެ ޖަލްސާގެ އެޖެންޑާ އަދި އާންމެއް ނުކުރެ އެވެ.

މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފުތާގައި ބާއްވަން ނިންމިއިރު، މިއީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރެވެ. މިދިޔަ ހޮނިހިރު ދުވަހު އަލަށް އިންތިޚާބުވި މެމްބަރުން އަންނަ މަހު ހުވާ ކުރާ ގޮތަށް މަޖިލީހުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމާ ގާތަށް ގޮސްފައިވާއިރު، ސަރުކާރުން ހުށަހެޅި މުހިންމު ގިނަ ބިލްތަކެއް މަޖިލީހުގެ ކޮމެޓީ މަރުހަލާގައި އަދިވެސް އެބަހުއްޓެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާއި ގާނޫނީ ޚިދުމަތުގެ ބިލް ފަދަ ބިލްތައް ހިމެނެ އެވެ. އެ ބިލްތައް ފާސް ނުވާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުން ވަނީ ފާޅުކޮށްފަ އެވެ.