ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އައިޓީގެ ވިޔަފާރިކުރާ ލިންކްސާވުން، ކޮންޓްރެކްޓަރުންނާއި ރިއަލްއެސްޓޭޓް ވިޔަފާރިވެރިންނާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން "ލިންކްބިލްޑު" ގެ ނަމުގައި އާ ހިދުމަތެއް ތައާރަފްކޮށްފި އެވެ.
10 އެޕްރީލް 2019
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އައިޓީގެ ވިޔަފާރިކުރާ ލިންކްސާވުން، ކޮންޓްރެކްޓަރުންނާއި ރިއަލްއެސްޓޭޓް ވިޔަފާރިވެރިންނާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން "ލިންކްބިލްޑު" ގެ ނަމުގައި އާ ހިދުމަތެއް ތައާރަފްކޮށްފި އެވެ.
މި ހިދުމަތުގައި ޓެކްނޮލޮޖީގެ ދާއިރާއިން ލިންކްސާވުން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ހޯދޭނެ އެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކުން ރައްކާވުމަށްޓަކައި ގޭގޭގައި ސިސްޓަމުތައް ގާއިމުކުރުން ފަދަ ކަންކަން ވެސް ކުރެވޭނެ އެވެ.
މި ހިދުމަތުގައި ލިންކްސާވާ އެކު ކަސްޓަމަރުން ވާ އެއްބަސްވުމުގެ ދަށުން، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް ހިލޭ ސާވޭ ކޮންދިނުމާއި ހާއްސަ ކޮންސަލްޓޭޝަންތައް ދޭނެ އެވެ.
ލިންކުސާވުން، ސެކިއުރިޓީ ސިސްޓަމް އިންސްޓޯލްކުރުމާއި އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދެ އެވެ.
ލިންކުސާވުން ލިންކްބިލްޑު ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު--ފޮޓޯ:ލިންކުސާވު
ލިންކްސާވުން ބުނީ މިއީ އިމާރާތްކުރުމުގައި ރާއްޖޭގައި އެންމެ ފުރިހަމައަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޭ ހިދުމަތްތައް ލިބިގަތުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.
ލިންކުސާވުން ފޯރުކޮށްދޭ ލިންކްބިލްޑުގައި ބައިވެރިވާ ފަރާތްތަކަށް އާފްޓާސޭލް ސަޕޯޓާއި ތަޖުރިބާކާރު ޓެކްނީޝަނުންގެ އެހީތެރިކަމާއި ބައެއް ހިދުމަތްތައް އިންސްޓޯލް ކުރުމުގައި އެހީތެރިވާނެ އެވެ. އަދި މި ހިދުމަތްތައް ހޯދުމުގައި ހިދުމަތްތަކަށް ވަރަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ.
ލިންކްސާވުން އައިޓީ ދާއިރާގައި ހިދުމަތް ދޭތާ 17 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ އައިޓީ ދާއިރާގެ ހާޑްވެއާ އާއި ސޮފްޓްވެއާ ސަޕްލައިކުރަމުންނެވެ.
ލިންކްސާވްގެ "ސްޕިން ޓު ވިން" ޕްރޮމޯޝަން
އިލެކްޓްރޯނިކްސް މަރާމާތުކުރުން ލިންކްސާވުން
ކަރަންޓް ހަރަދު ކުޑަކޮށްދޭ ސިސްޓަމް ލިންކްސާވުން
ލިންކްސާވްގެ ކެމެރާ ބަންޑަލްތަކުން ޑިސްކައުންޓް
ލިންކް ސާވްގެ ހުޅުމާލެ ފިހާރަ އަލުން ހުޅުވައިފި
އިލެކްޓްރޯނިކްސްގެ މަރާމާތަށް ލިންކްސާވް ރިޕެއާ ސެންޓަ
ލިންކް ސާވް "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަން ފަށައިފި
ވެބްސައިޓާއެކު ލިންކްސާވް ކަސްޓަމަރުންނާ ކައިރިއަށް
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް