Roadha Mihaaru
3 ގައުމެއްގައި އުޅޭ ދިވެހިންނަށް ބޭސްކުރެވޭނެ ނިޒާމެއް

އިންޑިއާ، ލަންކާ އަދި މެލޭޝިއާގައި އުޅޭ ދިވެހިންނަށް ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމެއް ތައާރަފުކޮށްފި

11 އެޕްރީލް 2019

އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ސިއްހީ ޚިދުމަތް ދިނުމަށް "މެރަނާ" ގެ ނަމުގައި އާސަންދަ ސްކީމެއް މިއަދު ތައާރަފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ސިއްހީ ޚިދުމަތް ދިނުމަށް "މެރަނާ" ގެ ނަމުގައި އާސަންދަ ސްކީމެއް މިއަދު ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ބޭސްފަރުވާގެ މާލީ އެހީ ލިބޭނީ މެރަނާ ސްކީމަށް ރަޖިސްޓަރީކުރާ މީހުންނަށް ކަމަށެވެ. އެކަމަކު، އެއީ މަދުވެގެން ހަ މަހަށް ވުރެ ގިނަ މުއްދަތަކަށް އެ ގައުމުތަކުގައި ދިރިއުޅުމަށް ވިސާ ލިބިފައިވާ މީހުންނަށް ވާންޖެހެ އެވެ.

އިންޑިއާ އަދި ސްރީ ލަންކާގައި އާސަންދައިގެ ޚިދުމަތް މިހާރު ދެނީ އިމަޖެންސީ ހާލަތްތަކުގަ އެކަންޏެވެ. މެލޭޝިއާގައި އާސަންދައިގެ ޚިދުމަތް އެއްގޮތަކަށް ވެސް ނުދެ އެވެ. އެހެންވެ، މެލޭޝިއާގައި އާސަންދަ ޚިދުމަތް ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މެރަނާ ސްކީމުގައި ބައިވެރިވާ ކޮންމެ މީހަކަށް، އަހަރަކު 150،000ރ. ހަމަޖެހޭނެ އެވެ. އެޑްމިޓްނުކޮށް ލިބޭ ޚިދުމަތުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10،000ރ. އެވެ. އަދި އެޑްމިޓްކޮށްގެން ދޭ ޚިދުމަތުގެ މިންވަރަކީ، އެޑްމިޝަން ހިމަނައިގެން ޖުމުލަ ކަވަރޭޖާ އެއްވަރުގެ އަދަދެއް ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

"ރާއްޖޭގައި އާސަންދަ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ހިދުމަތް ލިބިދެވޭ އުސޫލުން، މެރަން ސްކީމުގައި ހިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކުގައި، ރާއްޖެއިން ބޭރުގެ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުތަކުން ލިބޭނެ އެވެ. އެގޮތުން މެރަން ސްކީމުން ހަމަޖައްސައިދޭ ހަރަދުގެ އިތުރަށް ހިނގާ ހަރަދެއް ދައްކަންޖެހޭނި އަމިއްލަ އަށެވެ،" އެ ކުންފުނިން ބުންޏެވެ.

މެރަނާ ސްކީމުގައި ބައިވެރިވާ ކޮންމެ މީހަކަށް، އަހަރަކު 150،000ރ. ހަމަޖެހޭނެ އެވެ. އެޑްމިޓްނުކޮށް ލިބޭ ޚިދުމަތުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10،000ރ. އެވެ. އަދި އެޑްމިޓްކޮށްގެން ދޭ ޚިދުމަތުގެ މިންވަރަކީ، އެޑްމިޝަން ހިމަނައިގެން ޖުމުލަ ކަވަރޭޖާ އެއްވަރުގެ އަދަދެއް ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

އިންޑިއާ އަދި ލަންކާގައި އާސަންދަ ހިދުމަތް ލިބޭ ހޮސްޕިޓަލްތަކުން މެރަނާ ސްކީމް ލިބޭނެ އެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އެ ސްކީމް ފޯރުކޮށްދިނުމަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ގައުމުގައި އުޅޭ މީހުންނަށް ހިދުމަތް ލިބެން ފެށޭނެ ކަމަށް ވެސް ބުންޏެވެ.

އިންޑިއާ، ލަންކާ އަދި މެލޭޝިއާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދިނުމަކީ މި ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.

އާސަންދަ އިން ވަނީ އެ ތިން ގައުމުގައި ދިރިއުޅޭ ދިވެހިން ހިލޭ ބޭސްފަރުވާގެ ނިޒާމަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ގައި ހުޅުވާލައިފަ އެވެ. އެގޮތުން abroad.aasandha.mv އަށް ވަދެ ރަޖިސްޓަރީ ކުރެވޭނެ އެވެ.