16 އެޕްރީލް 2019
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދޭން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ. ޕްރޮޕޯޒަލް ފީ ދެއްކުމަށް އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 28 ގެ ނިޔަލަށެވެ.
ޕްރޮޕޯޒަލްގެ ފީ އަކީ 10،000ރ. އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެނީ ވަކި ޝަރުތުތަކަކަށް ބަލައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމެވެ. އަދި ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮތުމަކީ ވެސް ޝަރުތެކެވެ.
ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން ދެނީ އެއް އަހަރަށެވެ.
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
މިއަދު އުމްރާ އަށް ފުރާ މީހުންނަށް ހުރަހެއް ނެތް
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
އާ އިންތިޒާމުތަކާއެކު އުމްރާ ދަތުރުތަކުގެ އަގުބޮޑުވެއްޖެ
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
ހައްޖަށް ދެވޭނެ ކަމަށް ސައޫދީން އަދި ނާންގާ:މިނިސްޓަރު
ފުރުސަތު ލިބިއްޖެ ނަމަ ހައްޖުގެ އިންތިޒާމް ހަމަޖައްސާނެ