Roadha Mihaaru
ޓަމިލް ނާޑޫން ވަނީ 1.3 ބިލިއަން ރުޕީސް އަތުލާފައި

އިންތިޚާބު އިއުލާން ކުރި ފަހުން ޓަމިލް ނާޑޫން 1.3 ބިލިއަން ރުޕީސް ހިފަހައްޓައިފި

19 އެޕްރީލް 2019

ނިއު ދިއްލީ (އެޕްރީލް 19) - އިންޑިއާގައި އިންތިޚާބު ބާއްވާނެ ދުވަސްތައް މާޗް 10 ވަނަ ދުވަހު އިއުލާން ކުރި ފަހުން ޓަމިލް ނާޑޫން މިހާތަނަށް ވަނީ 1.3 ބިލިއަން ރުޕީސް (18.7 މިލިއަން ޑޮލަރު) އާއި އެއް ޓަނުގެ ރަން ހިފަހައްޓާފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 19) - އިންޑިއާގައި އިންތިޚާބު ބާއްވާނެ ދުވަސްތައް މާޗް 10 ވަނަ ދުވަހު އިއުލާން ކުރި ފަހުން ޓަމިލް ނާޑޫން މިހާތަނަށް ވަނީ 1.3 ބިލިއަން ރުޕީސް (18.7 މިލިއަން ޑޮލަރު) އާއި އެއް ޓަނުގެ ރަން ހިފަހައްޓާފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގެ އިންތިޚާބުތަކުގައި ރިޝަވަތުގެ ގޮތުގައި ފައިސާ ބެހުމަކީ އާއްމު ކަމެކެވެ. ޓަމިލް ނާޑޫގެ ވެލޯރި ސިޓީގެ އިންތިޚާބު މި ހަފުތާގައި ހުއްޓުވަން ޖެހުނީ ވެސް ކެންޑިޑޭޓެއްގެ ގެއިން ރިޝްވަތުގެ ގޮތުގައި ބަހަން ބަހައްޓާފައި ހުރި ކަމަށް ބެލެވޭ 110 މިލިއަން ރުޕީސް (1.5 މިލިއަން ޑޮލަރު) ފެނުމުންނެވެ.

އިންޑިއާގެ އެކި ހިސާބުތަކުން މި މަހު އެއްވަނަ ދުވަހާ ހަމައަށް ވަނީ، އިންތިޚާބުގައި ބަހަން ގެންގުޅޭ ކަމަށް ބެލެވޭ 70 މިލިއަން ޑޮލަރު ހިފަހައްޓައިފަ އެވެ.

ވޯޓު ގަތުން ހުއްޓުވަން އިންޑިއާގައި ވަނީ ޚާއްސަ ގާނޫނުތަކެއް ވެސް ހަދައިފަ އެވެ. މާޗް މަހު 10 ވަނަ ދުވަހު އިންތިޚާބު އިއުލާންކުރުމާ އެކު، ގާނޫނުގެ ދަށުން، ގިނަ އަދަދެއްގެ ފައިސާ އާއި ރަނާއި ރިހި ހިފައިގެން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ވޯޓު ގަންނަން ކަމަށް ޝައްކު ކުރެވޭ ގޮތަށް ގެންގުޅޭ ފައިސާ އާއި ރަނާއި ރިހި އަދި ރާ ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންނެވެ.

ވޯޓު ގަތުމުގައި ސިޔާސީ ފަރާތްތަކުން އަބަދުވެސް އަމާޒަކަށް ހަދަނީ ފަގީރު ހިސާބުތަކެވެ. އެކަން ހުއްޓުވުމަށް، އިންތިޚާބުތަކާ ބެހޭ ބައެއް ގާނޫނުތަކުގެ ދަށުން ބޮޑެތި އަދަދުތަކުގެ ފައިސާ އާއި ގަހަނާ ހިފެހެއްޓުމުގެ ބާރު ވަނީ ދީފަ އެވެ. މި ގޮތުން އެއް ކިލޯ އަށް ވުރެ ގިނަ ރަން، ރިހި އަދި އެއް މިލިއަނަށް ވުރެ ގިނަ ރުޕީސް ގެންގުޅޭ ނަމަ ހިފެހެއްޓުމުގެ ބާރު ވަނީ މެއި 23 ވަނަ ދުވަހު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާ ހަމައަށްދީފަ އެވެ. އެޕްރީލް 11 އިން ފެށިގެން ހަ ހަފުތާގެ މުއްދަތަށް ބާއްވާ އިންތިޚާބުގައި 900 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އެންމެ ފަހުން ބޭއްވި 2014 ވަނަ އަހަރުގެ އިންތިޚާބުގައި 16 މިލިއަން ލިޓަރުގެ ރަލާއި 17،000 ކިލޯގެ މަސްތުވާތަކެތި ހިފެހެއްޓި އެވެ. އެކި ދާއިރާތަކުގައި ވޯޓު ގަތުން ފަދަ ކަންކަން ހިންގާނަމަ އެކަންކަން ރިޕޯޓް ކުރުމަށް މިފަހަރު ވަނީ މޯބައިލް އެޕެއް ވެސް ތައްޔާރުކޮށްފަ އެވެ.