Roadha Mihaaru
ރެކޯޑް އަދަދުން ޕޮޒިޓިވްވިޔަސް އިންތިޚާބު ބާއްވައިފި

ރެކޯޑް އަދަދުން ޕޮޒިޓިވްވިޔަސް އިންޑިއާގެ ސްޓޭޓެއްގައި އިންތިޚާބު ބާއްވައިފި

29 އެޕްރީލް 2021

ވެސްޓް ބެންގާލް (އެޕްރީލް 29) - އިންޑިއާ އިން ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވެ މީހުން މަރުވަމުން ދިޔަ ނަމަވެސް ވެސްޓް ބެންގާލް ސްޓޭޓުގައި މިއަދު އިންތިޚާބު ބާއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވެސްޓް ބެންގާލް (އެޕްރީލް 29) - އިންޑިއާ އިން ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވެ މީހުން މަރުވަމުން ދިޔަ ނަމަވެސް ވެސްޓް ބެންގާލް ސްޓޭޓުގައި މިއަދު އިންތިޚާބު ބާއްވައިފި އެވެ.

ވޯޓް ސްޓޭޝަންތަކުގެ ބޭރުގައި ދިގު ކިޔޫތައް ހަދާފައިވާ އިރު ދެ ވަނަ ރާޅުގައި އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ވެސް ކުރިއަށް ގެންގޮސްފައިވާތީއާ އެކު، އޮފިޝަލުން ބުނަނީ އިންޑިއާގައި ކޮވިޑުގެ އިތުރު ހޮޓް ސްޕޮޓަކަށް ވެސްޓް ބެންގާލް ވެދާނެ ކަމަށެވެ.

އިންޑިއާގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 379,257 މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ އެއް ދުވަސްތެރޭ ޕޮޒިޓިވް ރޭޓަށް ބަލާއިރު އަނެއްކާވެސް ރެކޯޑެކެވެ. އިއްޔެ އެކަނި ވަނީ 3،645 މީހުން މަރުވެފަ އެވެ. ވެސްޓް ބެންގާލްގެ ކޭސްތައް ވެސް ވަނީ 17،000 އަށް އަރައިފަ އެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންތިޚާބުގައި ވެސްޓް ބެންގާލްގައި މިއަދު ބާއްވަނީ ފަހު މަރުހަލާގެ ވޯޓުލުމެވެ. ވެސްޓް ބެންގާލް އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޕާލަމެންޓުގައި އަޣުލަބިއްޔަތު ނެތް މަދު ސްޓޭޓްތަކުގެ ތެރޭން ސްޓޭޓެކެވެ. ޕޮޒިޓިވްވާ ރޭޓް އިތުރުވަމުން ދިޔަ އިރު ވެސް ވެސްޓް ބެންގާލްގައި ކެމްޕޭން އެއްވުންތައް ބޭއްވުމުން މޯދީ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެ ވެރިރަށް ދިއްލީ ފަދަ ސިޓީތަކުގެ ހޮސްޕިޓަލްތައް ފުރިގެން އެތައް ބަޔަކު ދަނީ އޮކްސިޖަން ނުލިބި މަރުވަމުންނެވެ.