18 އެޕްރީލް 2019
ހއ. ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށުގެ ފަޅުތެރެއިން ބައެއް ހިއްކުމަށްޓަކައި އެ އަތޮޅު ތަކަންދޫ ކައިރިން ވެލި ނަގާތީ ތަކަންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހއ. ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށުގެ ފަޅުތެރެއިން ބައެއް ހިއްކުމަށްޓަކައި އެ އަތޮޅު ތަކަންދޫ ކައިރިން ވެލި ނަގާތީ ތަކަންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަނީ ތަކަންދޫ ރަށް މަތިން ވެލި ނަގަމުންނެވެ. އެ ބޯޓުން ވެލި ނަގަނީ ތަކަންދުއާ 300 އެއްހާ މީޓަރު ކައިރިން ކަމަށް ކައުންސިލުން ބުނެ އެވެ. އެ ސަރަހައްދުގެ ލޮނުގަނޑު ކިލަނބުވުން ފަދަ މައްސަލަތައް މިހާރު ވެސް ފާހަގަކުރެވެން ފަށާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އައިޝަތު އާސިފާ މިއަދު ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ތަކަންދުއާ އެހާ ކައިރިން ވެލި ނަގާތީ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ބޮޑު ކަމެއް ހިންގާއިރު ކައުންސިލާ މަޝްވަރާ ކުރުމެއް އަދި އަންގާލުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށް ކައިރިން ވެލި ނަގާތީ ތަކަންދޫ މީހަކު ކަންބޮޑުވުން ފާޅުކޮށް ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެސް--
"ކުއްލިއަކަށް މަހާޖައްރާފުން ވެލިނަގަން ފެށިތަން ފެނުނީ. މިހާރު އެ ސަރަހައްދުގެ ލޮނުގަނޑު ވަނީ ކިލަނބު ވެފައި. ގިނަ ދުވަސްވީ ވަރަކުން އެކިއެކި ތިމާވެށީގެ މައްސަލަތައް ކުރިމަތި ވެދާނެ ކަމުގެ ބިރު ބޮޑު،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކައުންސިލަރު އާސިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ ވަނީ އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ހުށަޙަޅައިފަ އެވެ. ކައުންސިލުން އިސްވެ އީޕީއޭ އަށް ގުޅައިގެން ހޯދި އީއައިއޭ ރިޕޯޓުގައި، އެ ސަރަހައްދުން ވެލި ނެގުމަށް އެ ރަށުގެ ތިމާވެއްޓަށް އެކިއެކި ކަންކަން ކުރިމަތިވެދާނެ ކަމަށް ލިޔެފައިވާ ކަމަށް ވެސް އާސިފާ ވިދާޅުވި އެވެ.
"އެހާ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ބެލެވޭއިރު ކީއްވެތޯއޭ މިވަރު ކަމެއް މި ކުރަނީ؟ އެ ސުވާލަކަށް އަޅުގަނޑުމެންނަށް އުޅެއުޅެ ޖަވާބެއް ނުލިބޭ،" އާސިފާ ވިދާޅުވި އެވެ.
މަހާޖައްރާފު ތަކަންދޫ ބޭރުގައި އޮވެ ވެލި ނަގަނީ: އެރަށުގެ ތިމާވެއްޓަށް ދިމާވެދާނެ މައްސަލަތަކާ ގުޅިގެން ކައުންސިލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން-- ފޮޓޯ: މިހާރު
އެ ކަމާ ގުޅޭގޮތުން އެމްޓީސީސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަންގާރަ ދުވަހުން ފެށިގެން މަހާޖައްރާފުން ހިއްކަމުން އަންނަނީ ހޯރަފުށީ ހުޅަނގު ދެކުނު ފަރާތެވެ.
ހޯރަފުށީ ކައިރީގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިން ހިއްކަން މީގެ ކުރިން ވެސް މަހާޖައްރާފު އެ ރަށަށް ގެންދިޔަ އެވެ. އެކަމަކު އެކި މައްސަލަތައް ދިމާވެ މަސައްކަތް ކުރިއަށް ނުގެންދެވުނީ އެވެ. އޭރު މަސައްކަތްކުރީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅު ކައިރިން ހިއްކައި އެ ތަނުގައި އެއާޕޯޓް އަޅާށެވެ.
މާފިނޮޅުގެ ބަދަލުގައި ހޯރަފުށީގައި އެއާޕޯޓު އަޅަން ނިންމުމުން، އެ އަތޮޅުގެ ބައެއް ރަށްރަށުން ވަނީ ފާޑުކިޔައިފަ އެވެ. އެ ރަށްރަށުގެ މީހުން ދެކޭ ގޮތުގައި މުޅި އަތޮޅުގެ ތަރައްގީ އަށް ބަލާއިރު އެއީ އެއާޕޯޓު އެޅުމަށް އެންމެ ރަނގަޅު ސަރަހައްދެއް ނޫނެވެ.
ކޮމަންޑޫ މަޝްރޫއުގެ އީއައިއޭ އޮތީ ނިންމާފައި: އީޕީއޭ
ހޯރަފުއްޓަށް ގެއްލުންވީ ބިން ހިއްކިގޮތުން ކަމަށް ވެެދާނެ
ހޯރަފުއްޓާއި ތަކަންދޫން ގުދުރަތީ ދެ ބަދަލެއްގެ މަންޒަރު
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ރަސްފަރި ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީގެ އެހީ
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"