Roadha Mihaaru
އަފްރާޝީމްގެ މަރާ ބެހޭ އާ ވާހަކައެއް ނެތް: ރިޔާޒް

އަފްރާޝީމްގެ މަރާ ބެހޭ އާ ވާހަކައެއް ނެތް: ރިޔާޒް

20 އެޕްރީލް 2019

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ އިދާރާގައި ނެތް، އާ މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ އިދާރާގައި ނެތް، އާ މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް އެހެން ވިދާޅުވިއިރު، މީގެ ކުރިން އޭނާ ވިދާޅުވެފައި ވަނީ އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތުތަކެއް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން އެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ. އެކަމަކު ރިޔާޒް ވިދާޅުވެފައި ވަނީ މަގާމެއްގައި ހުއްޓައި އެ މީހަކަށް ލިބޭ މައުލޫމާތާއި ވާހަކަތަކަކީ ބޭނުން ކޮންމެ ގޮތަކަށް ހިއްސާ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އެހެންވެ، އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ޝަރުއީ ކޯޓެއްގައި ނުވަތަ ރިޔާސީ ކޮމިޝަނެއްގައި ވެސް ދެއްވަން ހުންނެވީ ތައްޔާރަށް ކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިޔާޒް ވިދާޅުވެފައި ވެ އެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިން އެ ބެލި ކަމުގައި ވިޔަސް، އެ ކަންކަމުގައި ލިބިފައި ހުރި މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

ނަމަވެސް ރިޔާޒް ރޭ ވިދާޅުވީ، އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނާ ފުލުހުން މިހާރު ހިއްސާކޮށްފައި ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަބްދުﷲ ރިޔާޒު: އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު ފުލުހުން ރިޔާސީ ކޮމިޝަނާ ހިއްސާ ކޮށްފައިވާނެ ކަމަށް ބެލެވޭ ކަމަށް ރޭ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބްދުﷲ ރިޔާޒު: އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު ފުލުހުން ރިޔާސީ ކޮމިޝަނާ ހިއްސާ ކޮށްފައިވާނެ ކަމަށް ބެލެވޭ ކަމަށް ރޭ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރިޔާޒް ވިދާޅުވީ، ރިޔާސީ ކޮމިޝަނަށް އޭނާ އަމިއްލަ އަށް ވައިގެންނެވުމުގެ ބޭނުމެއް ނެތް ކަމަށާއި އެ ކޮމިޝަނުން އޭނާއާ ސުވާލު ނުކުރަނީ އެ މައުލޫމާތު ފުލުހުން ދީފައިވާތީ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަމުން ދަނީ އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ހުންނާނެއޭ ފުލުހުންގެ އިދާރާގައި. އަޅުގަނޑު ދައްކާ އެއް ވާހަކަ މީޑިއާތަކުން ބައެއް ފަހަރަށް އެ ކަވާ ކުރައްވަނީ. އެހެންވީމާ އަޅުގަނޑަށް ލިބިފައި ހުންނަ ހުރިހާ މައުލޫމާތެއް ހުންނާނެ ފުލުހުންގެ އިދާރާގައި. އެއީ ފުލުހުންގެ ކޮމިޝަނާ އަކަށް ހުރެގެން އަޅުގަނޑަށް އެ މައްސަލައިގައިި ލިބިފައި ހުންނާނެ މައުލޫމާތު،" އޭނާ ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ އަކީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެންމެ އިސްކަންދޭ އެއް މައްސަލަ އެވެ. އެކަމަކު، އަދި އެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ކޮމިޝަނުން އާންމެއް ނުކުރެ އެވެ.

ރަހުމް ކުޑަ ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލި އިރު ކަމިޝަނާއަކަށް ހުންނެވި ރިޔާޒް ކުރިން ވިދާޅުވެފައި ވަނީ އެ މައުލޫމާތު ހާމަކުރައްވާނީ އެކަމަށް ރަނގަޅު ޕްލެޓްފޯމު ލިބިވަޑައިގެންނެވުމުން ކަމަށެވެ.

ރިޔާޒް ރޭ ވިދާޅުވީ، އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނާ ފުލުހުން މިހާރު ހިއްސާކޮށްފައި ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އަފްރާޝީމްގެ މަރާ ގުޅޭ މައުލޫމާތު އޭނާ އަށް މީޑިއާގައި ހާމަނުކުރެވޭނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އޭގެ ސަބަބުތަކެއްގެ ގޮތުގައި އޭނާ ދެއްކެވީ އެ މައްސަލާގައި ބައެއް މީހުންގެ ޝަރީއަތް ހިނގަމުން ދިއުމާއި ފުލުހުންގެ ތަހުގީގު ވެސް ނުނިމި އޮތުމެވެ.

އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަކުރައްވާނީ އެކަމަށް ރަނގަޅު ޕްލެޓްފޯމު ލިބިވަޑައިގަތުމުން ކަމަށް ރިޔާޒް ކުރިން ދެއްކެވި ވާހަކައާ ގުޅިގެން އަފްރާޝީމްގެ އާއިލާ އިން ވެސް ރިޔާޒަށް ގޮވާލާފައި ވަނީ މައުލޫމާތު ހާމަކުރުމަށެވެ.

އެ މައުލޫމާތު ހާމަނުކުރައްވައި ރިޔާޒު ދައްކަވާ ވާހަކަތަކަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވެސް އަފްރާޝީމްގެ ބޭބެ އަބްދުއްނާސިރު އަލީ އޭރު ވިދާޅުވި އެވެ.