Roadha Mihaaru

ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުއޫދުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 އެޕްރީލް 2019

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ، އެ ހުރިހާ ބޭފުޅުން ވެސް މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ސުއޫދު އެ ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބަލަން ނިންމީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ގާނޫނީ ވަކީލުންގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން ކަމަށެވެ.

މީގެކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑު ވިދާޅުވެގެން ސުއޫދާއި އެހެން ބައެއް ވަކީލުން ސަސްޕެންޑް، އެ ވަކީލުންގެ މައްސަލަ ބަލާފައިވެ އެވެ.