25 އެޕްރީލް 2019
ބޯޓުފަހަރު ބުކްކޮށް، ޝެޑިއުލް ބަލައިލާ، ދަތުރުތައް ރާވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ "ގޯކޯލާ" އެޕްލިކޭޝަން އަންނަ އާދިއްތަ ދުވަހު ލޯންޗްކުރަން ނިންމައިފި އެވެ.
ބޯޓުފަހަރު ބުކްކޮށް، ޝެޑިއުލް ބަލައިލާ، ދަތުރުތައް ރާވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ "ގޯކޯލާ" އެޕްލިކޭޝަން އަންނަ އާދިއްތަ ދުވަހު ލޯންޗްކުރަން ނިންމައިފި އެވެ.
މިއީ މިފަދަ އެޕްލިކޭޝަނެއް ރާއްޖޭގައި ތައާރަފްކުރާ ފުރަތަމަ ފަހަރެވެ. އަލްގޯ ބްލޮކްސް އިން އުފައްދާފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔުމަށް ބޭނުންވާ ދޯނިފަހަރުން ޓިކެޓް ނަގައި، ދަތުރު ރޭވިފައިވާ ގޮތް ބަލައިލުމުގެ އިތުރުން ދަތުރާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ލިބޭނެ އެވެ. މި ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ބޯޓުގެ ކްރޫއާ ގުޅޭ މައުލޫމާތުތައް ވެސް އެނގޭނެ އެވެ.
އަލްގޯ ބްލޮކްސް އިން ވަނީ ބޯޓުގެ އޯނަރުންނާއި އޭޖެންޓުންނަށް މި އެޕްލިކޭޝަން ލޯންޗު ކުރާ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެބައެއްގެ ދޯންޏެއް ނުވަތަ ލޯންޗެއްގެ ދަތުރުތައް މި އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް އަލްގޯ ބްލޮކްސް އިން ބުނެ އެވެ.
ދަތުރުގެ ހިސާބުތަކާއި ޝެޑިއުލާއި ދަތުރުކުރާ މީހުންގެ މައުލޫމާތު ފޮތެއްގައި ނޯޓު ކުރުމުގެ ބަދަލުގައި މި އެޕްލިކޭޝަން ބޭނުންކޮށްލެވޭނެ އެވެ.
އަލްގޯ ބްލޮކްސް އިން ބުނީ މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ ބޭނުމަކީ އާންމުނަށް ކަނޑުދަތުރު ފަތުރު ކުރުމުގެ "ފުލް ސޮލިއުޝަނެއް" ހޯދައިދިނުމުގެ ބޭނުމުގަ އެވެ. މި އެޕްލިކޭޝަން ލޯންޗު ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ، 8:30 ގައި ދަރުބާރުގޭގަ އެވެ.
ދަތުރުތަކަށް ޚާއްސަ ގޯލޯކާ އެޕް އިފްތިތާހުކޮށްފި
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް
ފިންލެންޑް ސްކޫލަށް އެކްރެޑިޓޭޝަން ލިބުން ފާހަގަކޮށްފި
ނުޖޫމް ޕްރީ ސްކޫލުގެ އެޑްމިޝަން އަދިވެސް ކުރިއަށް
ޕްރިންޓްލެބް: 15 އަހަރުވީ ކާމިޔާބު ކުންފުންޏެއް
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
ތިން ވަނަ ޕެސްޓް މެނޭޖްމެންޓް ކޮންފަރެންސް މާދަމާ