04 މެއި 2019
ދަތުރުކުރާ ބޯޓުތަކުގެ މައުލޫމާތު އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ ގޯލޯކާ އެޕްލިކޭޝަން (އެޕް) އިފްތިތާހުކޮށްފި އެވެ.
ދަތުރުކުރާ ބޯޓުތަކުގެ މައުލޫމާތު އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ ގޯލޯކާ އެޕްލިކޭޝަން (އެޕް) އިފްތިތާހުކޮށްފި އެވެ.
އަލްގޯ ބްލޮކްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތައާރަފްކުރި މި އެޕްލިކޭޝަންގެ ބޭނުމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އެޕްލިކޭޝަން ނެރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރު މަލީހު ވިދާޅުވީ، މި އެޕްލިކޭޝަނާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެކަށިގެންވާ މައުލޫމާތުތައް ޑޮމެސްޓިކް ދަތުރުތަކާބެހޭގޮތުން އެނގޭނެ ކަމަށެވެ. އެހެން ކަމުން މިއީ ވަރަށް ބޭނުންތެރި އެޕްލިކޭޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްގޯ ބްލޮކްސް ކުންފުނީގެ ސީއީއޯ ހުސައިން ޝިމްހާޒް ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް ކަނޑުދަތުރު ފަތުރުކުރާ އުޅަނދުތަކުގެ ވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ގޯލޯކާ އެޕްލިކޭޝަން އާންމުންނަށް ޑައުންލޯޑު ކުރެވޭނީ މެއި 17 އިން ފެށިގެން--ފޮޓޯ:އަލްގޯ ބްލޮކްސް
"މި އެޕްލިކޭޝަނަކީ ހަމައެކަނި ޓިކެޓު ވިއްކާ އެޕްލިކޭޝަނެއް ނޫން، މީ ބޯޓް މެނޭޖްމެންޓް އެޕްލިކޭޝަނެއް، އަޅުގަނޑުމެން މިއެޕްލިކޭޝަން ޑިވެލޮޕްކޮށްފައި ވަނީ ހުރިހާ ކަމެއް ވެސް ކުރެވޭ ގޮތަށް. އެގޮތުން އުޅަނދުތައް ބެލެހެއްޓުން، އުޅަނދުތައް ތާވަލްކުރުން، މުވައްޒަފުން ބެލެހެއްޓުން، ދަތުރުގެ ހިސާބުތަށް ބެލެހެއްޓުން އަދި ޓިކެޓުވެސް ވިއްކޭނެ،" އޭނާ ވިދާޅުވި އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީ ވެސް ބަލައިލެވޭނެ އެވެ. އެޕްލިކޭޝަން އިފްތިތާހް ކުރުމާ އެކު ބޯޓް ފަހަރު ގެންގުޅޭ މީހުންނަށް މި އެޕްލިކޭޝަންގައި ރަޖިސްޓަރީ ވެވޭނެ އެވެ. މީގެ އިތުރުން ގޯލޯކާގެ ކަސްޓަމަރުންނަށް ހާއްސަ އެޕްލިކޭޝަން އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑުކޮށް، ބޭނުން ކުރެވޭނެ އެވެ.
ޓަޗް ސްކްރީން ފްލެޓް ޕެނަލް ނައިންޓީނައިން އަށް
ދުނިޔޭގެ 1 ނަންބަރު އެންޓިވައިރަސް ނައިންޓީނައިން އިން
އޮޑިދޯނި ފަހަރު ކުރިއާލާ ބުކް ކުރުމަށް "ގޯލޯކާ"
"ކުނބު"، ކަނޑު ދަތުރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް
އަނެއްކާވެސް މައިކްރޮސޮފްޓުގެ ހިދުމަތްތަކަށް ބުރޫއަރައިފި
ރައީސް އޮފީހުގެ ކުރީގެ ސީޓީއޯ ހާމިދު ނިޔާވެއްޖެ
ދުނިޔެއަށް ކުރިމަތިވި އައިޓީ މައްސަލަ ރާއްޖެއަށް ވެސް