Roadha Mihaaru
ބިސް ކޭހެއްގެ އަގު 450ރ. އަށް ބޮޑުވެއްޖެ

ބިސް ކޭހެއްގެ އަގު 450ރ. އަށް ބޮޑުވެއްޖެ

07 މެއި 2019

ބިސް ލިބުން ދަތިވެ ބިސް ކޭހެއްގެ އަގު 450ރ. އަށް ބޮޑުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބިސް ލިބުން ދަތިވެ ބިސް ކޭހެއްގެ އަގު 450ރ. އަށް ބޮޑުވެއްޖެ އެވެ.

ވިޔަފާރިވެރިން ބުނީ ބިހުގެ އަގު އުފުލުނީ ބިހުގެ ޑިމާންޑު އުފުލުނު ވަރަށް ސަޕްލައި ނުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން ބިސް ކޭހެއް މިދިޔަ ހަފުތާގައި ވިއްކީ 310ރ. އަށް. މިހާރު ބިސް ހޯދަން ވަރަށް އުނދަގޫ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ބާޒާރުމަތީގައި މިހާރު ބިސް ލިބެން ހުރީ ވެސް މަދު ފިހާރަޔަކުންނެވެ.

އިއްޔެ އަކީ ބަންދު ދުވަހަކަށް ވުމުން، އެސްޓީއޯ އިން ބިސް ކޭހެއް ނުވިއްކަ އެވެ. ނަމަވެސް އެ ތަނުގެ ސުޕަ މާޓުން ވަކިން ބިސް ވިއްކި އެވެ. އަދި މިއަދު ވަނީ އެސްޓީއޯ އިން އިންޑަސްޓްރިއަލް ވިލެޖްގައި ހިންގާ ފިހާރައިން ބިސް ކޭސް ވިއްކަން ފަށައިފަ އެވެ.

އެސްޓީއޯ އިން ބިސް ކޭހެއް ވިއްކަނީ 290ރ. އަށެވެ. ވަކިން ބިހެއް ވިއްކަނީ 1.50ރ. އަށެވެ. އެސްޓީއޯއިން ބުނީ، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ފިހާރައިން ކޮންމެ ދުވަހަކު ވެސް ބިސް ކޭސް ލިބޭނެ ކަމަށެވެ.

މި ރޯދަ މަހު އެއްވެސް ދަތިކަމެއް ނެތި ބިސް، ފިޔާ އަދި އަލުވި ލިބޭނެ ކަމަށް އެސްޓީއޯ އިން ކުރިން ވަނީ ބުނެފަ އެވެ.