Roadha Mihaaru
ނޭޝަންސް ލީގުގައި ރޮނާލްޑޯ ގައުމީ ޓީމަށް ކުޅޭނެ

ނޭޝަންސް ލީގުގައި ރޮނާލްޑޯ ގައުމީ ޓީމަށް ކުޅޭނެ

09 މެއި 2019

ލިޒްބަން (މެއި 9) – އަންނަ މަހު އޮންނަ ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ ޕޯޗުގަލް ގައުމީ ޓީމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ކޯޗު ފެނާންޑޯ ސަންތޯސް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލިޒްބަން (މެއި 9) – އަންނަ މަހު އޮންނަ ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ ޕޯޗުގަލް ގައުމީ ޓީމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ކޯޗު ފެނާންޑޯ ސަންތޯސް ބުނެފި އެވެ.

ރޮނާލްޑޯ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް ކުޅުނު ބައިނަލްއަގްވާމީ ހަ މެޗެއް ނުކުޅެ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ނޭޝަންސް ލީގުގެ ކޮލިފައިން ހިމެނެ އެވެ. އޭނާ އެނބުރި އައީ މާޗު މަހު އޮތް ޔޫރޯ ކޮލިފައިން އަށެވެ.

ނޭޝަންސް ލީގުގެ ކޮލިފައިންގައި ބައިވެރިނުވާތީ އާއި މިދިޔަ ސީޒަނަށް ފަހު ވެސް ވޯލްޑް ކަޕް އޮވެ އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބޭތީ ބެލެވިފައި އޮތީ ރޮނާލްޑޯ މި ސީޒަނަށް ފަހު ނޭޝަންސް ލީގު ނުކުޅެ އަރާމުކުރާނީ ކަމަށެވެ.

ސަންތޯސް ބުނީ ގައުމީ ޓީމަށް ރޮނާލްޑޯ އަބަދުވެސް ލޯބިކުރާ ކަމަށާއި ކޮލިފައިންގައި އޭނާ ނުކުޅުނު ސަބަބު ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށެވެ. އެއީ އެއީ ހުރިހާ ގޮތަކުން ވެސް ބަލައިގަނެވޭ އަދި ގަބޫލުކުރެވޭ ނިންމުމެއް ކަމަށް ސަންތޯސް ބުންޏެވެ. އޭނާ އޭރު ގައުމީ ޓީމަށް ނުދިޔައީ ޔުވެންޓަސް އަށް ބަދަލުވެ، އާ ލީގަކަށް ހޭނެން ވަގުތު ބޭނުންވާތީ ކްލަބް ތަމްރީންތައް މެދުކަނޑާނުލާން ވެގެންނެވެ.

ޕޯޗުގަލްގައި ކުޅޭ ނޭޝަންސް ލީގު ފަށާނީ ސެމީ ފައިނަލުންނެވެ. ޕޯޗުގަލުން ވާދަކުރާނީ ޖޫން ފަހެއްގައި ސްވިޒަލެންޑާ އެވެ. އަނެއް ސެމީ ފައިނަލުގައި ޖޫން ހަޔެއްގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި އިންގްލެންޑެވެ. ފައިނަލް އޮންނާނީ ޖޫން 9 ގައި ޕޯޓޯގެ އެސްޓޭޑިއޯ ޑޮ ޑްރަގާއޯގަ އެވެ.

މިއީ ޕޯޗުގަލާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ އަށް ގައުމީ ޓީމާ އެކު އިތުރު ތަށްޓެއް ހޯދަން ލިބޭ ރަނުގެ ފުރުސަތެކެވެ.