Roadha Mihaaru
އުރީދޫގެ ފޯރިގަދަ މަސް ރޭސް ފަށައިފި

އުރީދޫގެ ފޯރިގަދަ މަސް ރޭސް ފަށައިފި

09 މެއި 2019

ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބޭ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބޭ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން ފަށައިފި އެވެ.

ކޮންމެ ރޯދަ މަހަކު ބާއްވާ މި މުބާރާތް ކުރީ އަހަރުތަކަށް ވުރެ ފޯރިގަދަކޮށް ބާއްވަނީ މަސް ރޭހުގެ 10 ވަނަ އަހަރު ވެސް ފާހަގަކުރުމާ ގުޅުވައިގެންނެވެ.

އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ، ރާއްޖޭގައި ނެތެމުން ދިޔަ ސަގާފަތެއް މި މުބާރާތް މެދުވެރިކޮށް ދިރުވައި ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް އޮންނަ ޝައުގުވެރިކަން ބޮޑުވެފައިވާ ކަމަށެވެ.

މަސް ރޭހުގެ ފުރަތަމަ ބުރު އިއްޔެ ބޭއްވި އިރު ފައިނަލަށް ދިޔައީ ވެލައްސަރެވެ.

މި އަހަރު ބާއްވާ މަސް ރޭހުގައި އަންހެނުން ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން އަންހެން ޓީމްތަކަށް ހާއްސަ ބުރެއް ވެސް މިފަހަރު ބާއްވާނެ އެވެ. ހަތަރު ބުރަކަށް ބަހާލައިގެން ބާއްވާ މި ރޭހުގައި ކޮންމެ ބުރަކުން އެއްވަނަ އަށް ހޮވޭ ޓީމެއް ގްރޭންޑް ފިނާލޭގައި ވާދަކުރާނެ އެވެ. ގްރޭންޑް ފިނާލޭ އޮންނާނީ ފިތުރު އީދު ދުވަހު އެވެ. އެ ދުވަހު މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އޮންނަ ބާބަކިއު އާއި ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބުކުރި ފަރާތްތަކަށް އިނާމްތައް ހަވާލުކުރާނެ އެވެ.

އުރީދޫ މަސް ރޭހުގެ ފުރަތަމަ ބުރުގައި ބައިވެރިވި ޓީމުތައް--ފޮޓޯ:އުރީދޫ

އުރީދޫ މަސް ރޭހުގެ ފުރަތަމަ ބުރުގައި ބައިވެރިވި ޓީމުތައް--ފޮޓޯ:އުރީދޫ

އުރީދޫ އިން މަސް ރޭހުގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. މި ފުރުސަތުގައި 23 ޓީމަކުން ބައިވެރިވުމަށް އެދުނު އިރު ގުރުއަތުން 16 ޓީމަކަށް ފުރުސަތު ލިބިފައިވެ އެވެ.

މަސް ރޭހުގެ އިނާމުތައް

އެއް ވަނަ ހޯދާ ޓީމަށް 50،000ރ. އަށް

އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5،000ރ. އާއި ރަންކޯރި

އެންމެ ބަރުމަސް ބޭނި ފަރާތަށް 5،000ރ.

އެއް ވަނަ އަންހެން ކެޔޮޅަށް 5،000ރ.