Roadha Mihaaru
އުރީދޫގެ "މަސްރޭސް" ގެ ޕާޓްނަރަކަށް ޑީޓެކް

އުރީދޫގެ "މަސްރޭސް"ގެ ޕާޓްނަރަކަށް ޑީޓެކް

29 މާޗް 2022

އުރީދޫން ރޯދަ މަހު ބާއްވާ "މަސްރޭސް"ގެ ޕާޓްނާއަކަށް އިޖީނާއި ޖެކްސްކީފަދަ ތަކެތި ވިއްކަމުން އަންނަ ޑީޓެކް ކުންފުނި ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫން ރޯދަ މަހު ބާއްވާ "މަސްރޭސް"ގެ ޕާޓްނާއަކަށް އިޖީނާއި ޖެކްސްކީފަދަ ތަކެތި ވިއްކަމުން އަންނަ ޑީޓެކް ކުންފުނި ހަމަޖައްސައިފި އެވެ.

އުރީދޫގެ މަސްރޭސް ބޭއްވުމުގައި ޑީޓެކް އިން ޕާޓްނަރަކަށްވެފައިވާ އިރު އެކުންފުނިން ވަނީ މަސްރޭސް ކާމިޔާބު ކުރާ ޓީމަކަށް އެވުންރޫޑް ބްރޭންޑްގެ 8.9 ހޯސްޕަވާގެ އިންޖީނެއް ހުށަހަޅައިފަ އެވެ.

މި އަހަރުގެ ރޯދަ މަހު ބާއްވާ އުރީދޫ މަސްރޭހުގައި 23 ޓީމަކުން ބައިވެރިވާނެ އެވެ.

އުރީދޫގެ ޓްވީޓް

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މުބާރާތެކެވެ. ފާއިތުވި އަހަރުތަކުގައި އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާ އެކު ޓީމު ހަދައިގެން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެއް ކަމަށް އުރީދޫން ބުނެފައިވެ އެވެ.

އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެ އެވެ. އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެ އެވެ.