Roadha Mihaaru
އުރީދޫގެ ޗެއާމަނަކަށް އާ ބޭފުޅަކު އައްޔަންކޮށްފި

އުރީދޫގެ ޗެއާމަނަކަށް އާ ބޭފުޅަކު އައްޔަންކޮށްފި

09 މެއި 2019

އުރީދޫ މޯލްޑިވްސްގެ ޗެއާމަނަކަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުރީދޫ މޯލްޑިވްސްގެ ޗެއާމަނަކަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ޗެއާމަންގެ އިތުރުން އުރީދޫގެ އިންޑިޕެންޑެންޓް ބޯޑު ޑައިރެކްޓަރަކަށް ޑޭމިއަން ފިލިޕް ޗެޕަލް އައްޔަންކުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

ޗެޕަލް އަކީ އުރީދޫގެ މައި ހިއްސާދާރު، ވަތަނިއްޔާ އިންޓަނޭޝަނަލް އިން އައްޔަން ކޮށްފައިވާ ބޭފުޅެއް ކަމަށް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި ޗެޕަލް މިހާރު އަދާ ކުރައްވަމުން ގެންދަވަނީ އުރީދޫ ގަތަރުގެ ޗީފް ކޮންސިއުމާ އޮފިސަރުގެ މަގާމެވެ. އޭނާ އަކީ މުވާސަލާތުގެ ދާއިރާ އިން 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އޮސްޓްރޭލިއާގެ ރައްޔިތެކެވެ.

ޗެޕަލް ވަނީ އޮސްޓްރޭލިއާގެ ސްވައިންބާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން އެޕްލައިޑް ސައިންސް އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

ދާދި ފަހުން، އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އައްޔަން ކޮށްފަ އެވެ. އާ މެނޭޖިން ޑިރެކްޓަރަކަށް ނަޖީބު އައްޔަން ކުރީ އެ މަގާމާއި އެ ކުންފުނީގެ ޗެއާމަންގެ މަަގާމުގައި ހުންނެވި ޚާލިދް އިބްރާހިމް އަލް މަހްމޫދް އެ ދެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.