09 މެއި 2019
ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން، މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ލިބުނު ފުރުސަތު ދޫކޮށްލުމުން، އެ މެޗުގެ ދައުވަތު ރަނަރަޕް ށ. ފޯކައިދޫ އަށް އެފްއޭއެމުން ދީފި އެވެ.
ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން، މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ލިބުނު ފުރުސަތު ދޫކޮށްލުމުން، އެ މެޗުގެ ދައުވަތު ރަނަރަޕް ށ. ފޯކައިދޫ އަށް އެފްއޭއެމުން ދީފި އެވެ.
އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ، ދެ ލެގުގެ އުސޫލުން ކުޅެން އޮތް މެޗުގެ ފުރުސަތު ތިމަރަފުށިން ދޫކޮށްލީ ދަނޑު ތައްޔާރުނުވާތީ އާއި ޓީމު ވެސް އެކުލެވިފައިނުވާތީ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން މިހާރު ވާނީ މިނިވަން ޗެމްޕިއަންޝިޕުގެ ރަނަރަޕް ފޯކައިދޫ އަށް ދައުވަތު ދީފައި. އެކަމަކު އެ ޓީމުން ވެސް ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ. އޭގެ ތެރޭގައި ދަނޑު ތައްޔާރުކުރުމާއި ކްލަބް ލައިސަންސިން ހިމެނޭ،" ޖަވާޒް ވިދާޅުވި އެވެ.
އެކަންކަމަށް ބެލުމަށް ފަހު ފޯކައިދޫން ފައިނަލް ޖަވާބެއް އާދީއްތަ ދުވަހު ދޭނެ އެވެ. ފޯކައިދޫގެ ޓީމު އޮތީ މިހާރު ވެސް ތައްޔާރުގަ އެވެ. އަލީ ނިޝްތާރު މުހައްމަދުގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ވާދަކޮށް ފޯކައިދޫ ދިޔައީ ހަތް ވަނަ އަށެވެ. ފުރަތަމަ ޑިވިޝަނަށް ހުނަރުވެރި ކުޅުންތެރިންތަކެއް ނެރެފައިވާ ތިމަރަފުށި ދިޔައީ ފުލަށެވެ. އެ ޓީމަށް ލީގުގައި ދިމާވީ މާލީ މައްސަލަތަކެވެ.
ސީޒަން ހުޅުވާ މެޗުގެ ފުރަތަމަ ލެގު ކުޅެން ރާވާފައިވަނީ ޖޫން ހަތެއްގައި ފޯކައިދޫ ދަނޑުގަ އެވެ. ދެ ވަނަ ލެގު އޮންނާނީ ޖޫން 10 ގައި މާލޭ ގަ އެވެ.
މި މެޗު ހޯމް އެންޑް އަވޭ އުސޫލުން ކުޅެނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި ދިވެހި ފުޓްބޯޅަ ލީގު ސިސްޓަމް ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރަން ކަނޑައަޅާފައިވާ ދުރު ރާސްތާ ޕްލޭނުގެ ދަށުންނެވެ. ހޯމް އެންޑް އަވޭ ސިސްޓަމް ރާއްޖެ އަށް ތައާރަފްކުރުމުގެ ވިސްނުމުގައި ނެޗުރަލް ގްރާސް ދަނޑުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި މީގެ ކުރިން ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަން ފެންވަރުގައި މެޗެއް ކުޅެފައެއް ނުވެ އެވެ. އެކަމަކު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވަނީ ހދ. ކުޅުދުއްފުށްޓާއި ސ. ހިތަދޫގައި ބޭއްވި އެވެ. ހިތަދޫ ޒޯން ސްޓޭޑިއަމުގައި ކުޅުނު ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކޮށް ތަށި ހޯދީ މާޒިޔާ އެވެ.
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ޕާކިސްތާން ގޯލްކީޕަރު ސާގިބް ޓީސީ އަށް
ޓީސީ އާއި ފޯކައިދޫ އަށް ޕޮޮއިންޓެއް
ހާލަތުން އަރައިގަންނަން މަސައްކަތްކުރަން: ޓީސީ
ފޯކައިދޫ ބަލިކޮށް ޓީސީން ޝީލްޑް ކާމިޔާބުކޮށްފި
ޓީސީ އާއި ފޯކައިދޫ އަށް ރަނގަޅު ފުރުސަތެއް
ޗެރިޓީ ޝީލްޑް މެޗަށް ދަތުރުފަތުރުގެ އުނދަގޫތަކެއް
ފުރަތަަމަ ލެގުގައި ޓީސީ އާއި ފޯކައިދޫ އެއްވަރުވެއްޖެ
ފޯކައިދޫ އާއި ޓީސީ ތާރީހީ މެޗަކަށް
ފޯކައިދޫ އަތުން ފަހަތުން އަރައި ޓީސީ މޮޅުވެއްޖެ