Roadha Mihaaru
އެމްއެމްސީން ހޯމް މިނިސްޓްރީއާ މަޝްވަރާކޮށްފި

މީޑިއާ ދާއިރާގައި ހުރި ކަންކަން ހައްލުކުރަން އެމްއެމްސީ އާއި ހޯމް މިނިސްޓްރީން މަޝްވަރާކޮށްފި

09 މެއި 2019

މީޑިއާގެ ދާއިރާގައި ހުރި ކަންކަން ހައްލު ކުރުމާ ބެހޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ހޯމް މިނިސްޓްރީން މިއަދު މަޝްވަރާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީޑިއާގެ ދާއިރާގައި ހުރި ކަންކަން ހައްލު ކުރުމާ ބެހޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ހޯމް މިނިސްޓްރީން މިއަދު މަޝްވަރާކޮށްފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި، އެމްއެމްސީ އަށް ހުރި ގޮންޖެހުންތަކާއި އެ ކައުންސިލްގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، މީޑިއާގެ ދަފްތަރާއި ނޫސްވެރިންގެ ދަފްތަރު އެކުލަވައިލުމާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި މީޑިއާތައް ރަޖިސްޓަރީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި، އެމްއެމްސީގެ ކަންބޮޑުވުންތައް ވަރަށް އަވަހަށް ހައްލުކުރަން މަސައްކަަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި މީޑިއާ ކުރިއެރުވުމަށާއި ތަރައްގީ ކުރުމުގައި އެމްއެމްސީ އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެބަހުރި ކަމަށް ނަޒީރު ވިދާޅުވި ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި އެމްއެމްސީގެ ރައީސާއި ބައެއް މެމްބަރުންގެ އިތުރުން ހޯމް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.