ޑޮކްޓަރުން އަބަދު ވެސް ލަފާ ދެނީ އެންމެ މަދުވެގެން ވެސް ހަ މަސް ދުވަހަށް ދަރިފުޅަށް ގާތުން ދިނުމަށެވެ. ގާތުން ދިނުމަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ފައިދާ ހުރި އަދި ދެމައިންގެ ގުޅުން ވެސް ވަރުގަދަކޮށްދޭ ކަމެކެވެ.
14 މެއި 2019
ޑޮކްޓަރުން އަބަދު ވެސް ލަފާ ދެނީ އެންމެ މަދުވެގެން ވެސް ހަ މަސް ދުވަހަށް ދަރިފުޅަށް ގާތުން ދިނުމަށެވެ. ގާތުން ދިނުމަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ފައިދާ ހުރި އަދި ދެމައިންގެ ގުޅުން ވެސް ވަރުގަދަކޮށްދޭ ކަމެކެވެ.
އާ ދިރާސާއެއްގައި ބުނާ ގޮތުން ގިނަ ދުވަހަށް ދަރިންނަށް ގާތުން ދޭ މައިންނަށް އޮތް އެންމެ ބޮޑު އެއް ފައިދާ އަކީ ހަކުރު ބަލިން ރައްކާތެރިކޮށް ދިނުމެވެ.
ޖަމާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި، ދެވެން އޮތް އެންމެ ދިގު މުއްދަތަކަށް ދަރިންނަށް ގާތުން ދިނުމަކީ މައި މީހާ ހަކުރު ބައްޔާ ވަރަށް ބޮޑަށް ދުރުކޮށް ދޭން ބާރު އަޅާ ކަމެކެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ދަރިންނަށް ހަ މަހަށް ވުރެ ގިނަ ދުވަހަށް ގާތުން ދޭ މައިން ޓައިޕް 2 ޑައިބެޓީޒުން ސަލާމަތްކޮށް ދިނުމުގެ ފުރުސަތު 47 ޕަސަންޓަށް އިތުރުކޮށްދެ އެވެ.
އެހެންވެ މިއީ ދަރިންނަށް ގާތުން ދިނުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެސް ވާނެ ކަމަށް ބުންޏެވެ. ދިރާސާގައި ބުނީ ގާތުން ގިނަ ދުވަހަށް ދިނުމުން ލޭގެ އިންސިއުލިން އާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް ދިނުމުގެ ގޮތުން ޕެންކްރިއަސް ވަރުގަދަކޮށްދޭ ކަމަށެވެ.
ހަމަ މިއާ އެކު ގާތުން ގިނަ ދުވަހު ދޭ ނަމަ ލިބޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭގައި އެކި ކަހަލަ ކެންސަރުތަކުން ވެސް ރައްކާތެރިކޮށް ދޭން ބާރަކަށްވުން ހިމެނެ އެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ރަހިމުގެ ކެންސަރު ހިމެނެ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ދުވަހަށް ދަރިފުޅަށް ގާތުން ދޭން ބޭނުންވި ނަމަވެސް އެކަމަށް ނުކުޅެދޭ އެއް ސަބަބަކީ އެކަށީގެންވާ ވަރަށް މައިމީހާގެ އުރަމަތީގައި ކިރު ނުއުފެދުމެވެ.
އެހެންވެ ކެއުމުގެ ވައްޓަފާޅި އަށް ގެނެވޭ ބަދަލަކުން ވެސް ނަތީޖާ ނެރެވިދާނެ ކަމެކެވެ. އެގޮތުން ކެއުމުގައި މުރަނގަފަތާއި އޯޓާއި އިނގުރާއި އޯބަތާއި ދިރި ފަދަ ބާވަތްތައް ބޭނުން ކުރުން އިތުރު ކުރެވިދާނެ އެވެ.
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު
ކެންސަރުގެ ފަރުވާ އަށް ފަހު އުނދަގޫތައް ސިއްރުކުރޭ
އަންހެނުންގެ "ލެގް ފެޓް" އަކީ މައްސަލައެއް ނޫން
ތުއްތު ދަރިފުޅު ގާތުން ބޯން ބާރުއަޅާނެ ކަމެއް
ކެންސަރުން ނާދިޔާ ހޯދީ އާދަޔާ ހިލާފު ހިތްވަރެއް
ބްރެސްޓް ކެންސަރުގެ އަލާމާތްތަކާއި ފަރުވާގެ މުހިއްމުކަން
ވީޑިއޯ ކޯލް މީޓިންތަކުން އުފެއްދުންތެރިކަން ދަށްވޭ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ