Roadha Mihaaru
ދިރާގު 'ތަށިބަރި މޫވްމެންޓް' ރީތި އާދަކާދައިގެ ދިރުން

ދިރާގު "ތަށިބަރި މޫވްމެންޓް" ދިވެހިންގެ ރީތި އާދަކާދައިގެ ދިރުން!

15 މެއި 2019

ރޯދަ ވީއްލަން ކުޑަތަންވެފައިވަނިކޮށް، ދޮރުގައި މީހަކު ޓަކި ޖެހުމުން ހުޅުވާލި އިރު ލިބުނީ ރިހި ކުލައިގެ ތަށިބަރިއެކެވެ. އޭގައި ބަތާއި ކުކުޅާއި ފޮނި ބޯކިބާ ހުއްޓެވެ. އޭގައި ހަރުކޮށްފައި އިން ޓެގްކޮޅު، ހައިރާންކަމާ އެކު ކިޔާލީމެވެ. #ތަށިބަރިމޫވްމެންޓް ޖަހާފައިވާ އެ ލިޔުންކޮޅުގައި "މިއީ ރޯދަ މަހުގައި ޒަމާނުއްސުރެ ދިވެހިން ގެންގުޅުނު ރީތި އާދައެއް ކަމުގައިވާ ތަށިބަރި ބެހުމުގެ އާދަ އަލާކުރުން ކަމަށް" ބުނެފައިވެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދަ ވީއްލަން ކުޑަތަންވެފައިވަނިކޮށް، ދޮރުގައި މީހަކު ޓަކި ޖެހުމުން ހުޅުވާލި އިރު ލިބުނީ ރިހި ކުލައިގެ ތަށިބަރިއެކެވެ. އޭގައި ބަތާއި ކުކުޅާއި ފޮނި ބޯކިބާ ހުއްޓެވެ. އޭގައި ހަރުކޮށްފައި އިން ޓެގްކޮޅު، ހައިރާންކަމާ އެކު ކިޔާލީމެވެ. #ތަށިބަރިމޫވްމެންޓް ޖަހާފައިވާ އެ ލިޔުންކޮޅުގައި "މިއީ ރޯދަ މަހުގައި ޒަމާނުއްސުރެ ދިވެހިން ގެންގުޅުނު ރީތި އާދައެއް ކަމުގައިވާ ތަށިބަރި ބެހުމުގެ އާދަ އަލާކުރުން ކަމަށް" ބުނެފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ ރޯދަ މަހު އެތައް ބަޔަކު ކުރި ތަޖުރިބާއެކެވެ.

ދިވެހިންނަކީ ހާއްސަ މުނާސަބަތުތަކުގަ އާއި ހާއްސަ ކެޔުމެއް ތައްޔާރުކޮށްފި ނަމަ ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނަށް ގެންގޮސް އުޅުނު ބަޔެކެވެ. އެކަމަކު އެ ރީތި އާދަ، 1980ގެ އަހަރުތަކަށް ފަހު ނެތެމުން ގޮސް ތަށިބަރީގެ ހަނދާންތައް ވެސް ފޮހެވުނެވެ.

ދުންޔާ މައުމޫނަށް ލިބުނު ތަށިބަރިއެއް

ނަމަވެސް މިދިޔަ ރޯދަމަހު ދިރާގުން ފެށި "ތަށިބަރި މޫވްމެންޓް" އަށް އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބުނެވެ. ދިވެހިންގެ ސަގާފަތެއް ދިރުވަން ދިރާގުން ފެށި މަސައްކަތުގައި މިދިޔަ އަހަރު 200 ތަށިބަރި ބަހާފައިވެ އެވެ. އަދި އެތަށިބަރިތަކަށް ކާއެއްޗެހި އެޅުމަށް ފަހު އެއްގެއިން އަނެއް ގެއަށް، އެތައް ބަޔަކު، ހިތްހެޔޮކަމާ އެކު ފޮނުވި އެވެ. ސޯޝަލް މީޑިޔާގައި ވެސް އެމައުލޫމާތު ހިއްސާކުރި އެވެ. އަދި ދަށިބަރި ފޮނުވަން ބޭނުންވާ މީހާ ސޯޝަލް މީޑިއާ މެދުވެރިކޮށް ނޮމިނޭޓް ކޮށްފައި ހުއްޓެވެ.

ދިރާގުގެ މަގުސަދަކީ، އެ ކުންފުނިން ބުނި ގޮތުގައި، ދިވެހިންގެ ތެރޭގައި އޮތް އެ މުހިންމު އާދަކާދަ ދިރުވުމެވެ. އެކަން މިދިއަ އަހަރުގެ ރޯދަމަހު ކާމިޔާބު ވެސް ވި އެވެ. ޓްވިޓާގައި ކުރިއަށް ގެންދިޔަ ThashibariMovement# އަކީ ފަހަކައަށް އައިސް ދިވެހިންގެ އާދަކާދައަކާ ގުޅިގެން ހިންގި އެންމެ އުފާވެރި އެއް ހަރަކާތެވެ.

ރޯދަމަހު މިދިއަ އަހަރު ވެސް އަދި މި އަހަރު ވެސް ދިރާގުން ގެންދަނީ #sharethekindness ނުވަތަ އޯގާތެރިކަން ހިއްސާކޮށްލަމާގެ ދަށުން ހަރަކާތްތައް ބާއްވަމުންނެވެ. ތަށިބަރި މޫވްމަންޓަކީ ވެސް އޭގެ ބައެކެވެ.

ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ތަށިބަރިތައް ދަރުއުވާތަން އާންމުންނަށް ފެންނާނެ އެވެ. ދިވެހިންނާ ގުޅޭ މިފަދަ ކަންކަމުގައި ދިރާގުން އިސްވެ ފެށި ހަރަކާތަށް އާންމުންގެ އެއްބާރުލުން ލިބެ އެވެ. އެހެންކަމުން ދިރާގު ތަށިބަރި ހަރަކާތްތައް މި ރޯދަމަހު ކުރިއަށް ދާ ގޮތް ބަލަން އާންމުން މިހާރު ތިބޭނީ ކެތްމަދުވެފަ އެވެ.