Roadha Mihaaru
ރާއްޖެ އިޝްތިހާރުކުރާ ކޮތަޅު ހަދަން މުބާރާތެއް ބާއްވަނީ

ރާއްޖެ އިޝްތިހާރުކުރާ ކޮތަޅު ހަދަން މުބާރާތެއް ބާއްވަނީ

20 މެއި 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ރާއްޖެ އިޝްތިހާރު ކުރުމަށް 2020 ވަނަ އަހަރު ހިންގަން ރާވާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާ ކޮތަޅުތައް ފަރުމާކުރާނެ ފަރާތެއް ހޯދަން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ރާއްޖެ އިޝްތިހާރު ކުރުމަށް 2020 ވަނަ އަހަރު ހިންގަން ރާވާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާ ކޮތަޅުތައް ފަރުމާކުރާނެ ފަރާތެއް ހޯދަން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި ކޮތަޅުތަކުގެ އެންމެ ރަނގަޅު ޑިޒައިނެއް ހޮވައި އެއް ވަނައަށް ހޮވޭ ޑިޒައިން ތީމެއްގެ ގޮތުގައި ބަލައިގަނެ، މާޗެންޑައިސް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އިނާމަކަށް 25،000ރ. ދޭނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މުބާރާތެއްގެ ގޮތުގައި މިކަން ކުރަން ނިންމީ ފަންނުވެރިންގެ އަގު ވަޒަންކުރުމާއި އެފަދަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތަކީ އަންނަ މަހުގެ 11 އާ ހަމަޔަށް އޮންނާނެ އެވެ.

މި ކޮތަޅަކީ ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ ފެއާތަކާއި ރޯޑް ޝޯ ފަދަ ހަރަކާތްތަކުގައި މެހެމާނުންނަށް ދޭ އެއްޗެއް ކަމަށާއި މިގޮތަށް ބޭނުންކުރާ ކޮތަޅުތައް އެ މީހުންގެ މެދުގައި މަގްބޫލު ހަދިޔާއަކަށްވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޮތަޅުގައި ހިމަނާ މަންޒަރަކީ ރާއްޖެ ބްރޭންޑެއްގެ ގޮތުގައި އިޝްތިހާރުކޮށް "ވިޒިޓް މޯލްޑިވްސް" ގެ ނަމާއި ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ މައިގަނޑު ޝިއާރު "ދަ ސަނީ ސައިޑް އޮފް ލައިފް" ރަމްޒުކޮށްދޭ ކޮތަޅަކަށް ވާންޖެހޭނެ ކަމަށެވެ.